ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްގެ ޑިރެކްޓަރ ޖެނެރަލް އޮފް މެޑިކަލް ސަރވިސަސް ޑރ. އަޙްމަދު ރާޟީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާ ޤަވާއިދާ އަދި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކ. މާފުށީގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވާހަކަ ދައްކަވާފައިވާތީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ދަށުން، ޑރ. އަޙްމަދު ރާޟީ ޑިރެކްޓަރ ޖެނެރަލް އޮފް މެޑިކަލް ސަރވިސަސްގެ މަޤާމުން ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް މެޑިކަލް ސަރވިސަސްގެ މަޤާމަށް، ވަޒީފާގެ ފަންތީގައި ޑރ. އަޙްމަދު ރާޟީގެ މަޤާމުދަށް ކުރުމަށް މިއަދު (26 އޮކްޓޯބަރ 2008) ގައި މި ކޮމިޝަނުން ނިންމައިފީމެވެ.
26 އޮކްޓޯބަރ 2008