"ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓަށް މަރުޙަބާ ދަންނަވަމެވެ. މި ވެބްސައިޓަކީ ސަރުކާރުގެ ފަރާތްތަކަށާއި ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނަށާއި އެންމެހައި އާންމު ފަރާތްތަކަށް ސިވިލް ސަރވިސް ކޮމިޝަނާއި ދިވެހި ސިވިލް ސަރވިސްއާބެހޭ ބޭނުންތެރި މަޢުލޫމާތާއި ޤަވާޢިދުތައް އެނގިވަޑައިގަންނަވާ އަދި ފިލާވަޑައިގަންނަވާ ވެބްސައިޓަކަށް ވާނެކަމަށް އުއްމީދު ކުރަމެވެ. އެދެވެނީ ދިވެހި ސިވިލް ސަރވިސް އިން ސަރުކާރަށާއި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މިންވަރާއި ފެންވަރުގެ ގޮތުން މަތީ ފަންތިއަށް ވާޞިލްވުމުގައި މި ވެބްސައިޓް އެހީތެރިއަކަށް ވެގެން ދިއުމެވެ."
މުޙައްމަދު ލަތީފް
ކޮމިޝަންގެ ރައީސް
|