ނަންބަރު: 08/IU/2008 /188-CA
އިޢުލާން
ޤާނޫނު
ނަމްބަރު 2007/5
(ދިވެހި
ސިވިލް
ސަރވިސްގެ
ޤާނޫނު) ގައި
ބަޔާންކުރާ
ބައެއް
ކަންކަން ތަންފީޒުކުރަންް
ހަމަޖެހިފައިވާގޮތް
ޤާނޫނު
ނަމްބަރު 2007/5 (ދިވެހި
ސިވިލް
ސަރވިސްގެ
ޤާނޫނު) ގައި
ބަޔާންކުރާ، މި
ދަންނަވާ
ކަންކަން މި
ދަންނަވާގޮތަށް
ތަންފީޒުކުރަން
ހަމަޖެހިފައިވާ
ވާހަކަ ދަންނަވަމެވެ.
1.
ދިވެހި
ސިވިލް
ސަރވިސް ގެ
ޤާނޫނުގެ 53 ވަނަ
މާއްދާގެ
ދަށުން
ދިވެހި
ސިވިލް ސަރވިސް
ގެ
މުވައްޒަފުން
ސިޔާސީ
އެއްވެސް
ޙަރަކާތެއްގައި
ބައިވެރިވުމަކީ
މަނާކަމެއްކަމަށް
ކަނޑައަޅާފައިވާ
ކަނޑައެޅުމަށް
01 މެއި 2008 އިން
ފެށިގެން
ޢަމަލުކުރަން
ފެށުން. ވީމާ،
ދިވެހި
ސިވިލް
ސަރވިސް ގެ
ޤާނޫނުގައި ދިވެހި
ސިވިލް ސަރވިސްގެ
މުވައްޒަފެއްގެ
ގޮތުގައި
ހިމެނޭނެ
އެއްވެސް
މުވައްޒަފަކު
ސިޔާސީ އެއްވެސް
ޙަރަކާތެއްގައި 01 މެއި
2008 އިން
ފެށިގެން
ބައިވެރިވުމަކީ މަނާކަމެކެވެ.
2.
ދިވެހި ސިވިލް
ސަރވިސް ގެ ޤާނޫނުގެ
41 ވަނަ
މާއްދާގެ (ހ)
ގެ (7) އާއި އެ ޤާނޫނުގެ
53 ވަނަ
މާއްދާގެ
ދަށުން ދިވެހި
ސިވިލް
ސަރވިސް ގެ މުވައްޒަފުންގެ
ގޮތުގައި
ހިމެނޭނެ
މުވައްޒަފުންގެ
ތެރެއިން
ރައްޔިތުންގެމަޖިލިހުގެ
ނުވަތަ ރައްޔިތުން
ގެ ޚާއްސަ
މަޖިލީހުގެ
މެންބަރުކަމުގައިި
ތިއްބެވި
މުވައްޒަފުންނަށް،
އެ
މެންބަރުކަމުގައި
ތިއްބަވައިގެން،
ދިވެހި ސިވިލް
ސަރވިސްގެ
މަޤާމެއްގެ
ގޮތުގައި
ހިމެނޭނެ
މަޤާމެއް އަދާ
ނުކުރެވޭނެތީ،
މިކަން
މިގޮތަށްް 01
މެއި 2008 އިން
ފެށިގެން ހަމަޖެއްސުން.
ވީމާ، އެ ފަދަ މުވައްޒަފުން
މަޖިލީހުގެ މެމްބަރުކަމުގައި
ތިއްބަވަން
ޤަސްތުކުރައްވާ
ނަމަ، ނުވަތަ
މެމްބަރު
ކަން
ދޫކޮށްލައްވައި
ދިވެހި ސިވިލް
ސަރވިސްގެ
މަޤާމު
އިޚްތިޔާރު
ކުރައްވާ ނަމަވެސް،
އެ
މުވައްޒަފުން
އިޚްތިޔާރު
ކުރައްވާ
ގޮތެއް 31 މާޗް
2008 ގެ ނިޔަލަށް
ލިއުމަކުން
އެ މަޤާމެއް
އޮތް އޮފީހަކަށާއި
މި
ކޮމިޝަނަށް އަންގަވަން
ވާނެއެވެ.
3.
ދިވެހި
ސިވިލް
ސަރވިސް ގެ
ޤާނޫނުގެ 49
ވަނަ މާއްދާ
ގެ (ށ) ގައި
އުމުރުން 65
އަހަރު
ހަމަވާ
މުވައްޒަފުން
ވަޒީފާއިން
މުސްކުޅިކުރެވި
ވަޒީފާއިން ވަކިކުރުމަށް
ކަނޑައަޅާފައިވާ
ކަނޑައެޅުމަށް
01 މެއި 2008 އިން
ފެށިގެން ޢަމަލުކުރަން
ފެށުން. ވީމާ،
ދިވެހި ސިވިލް
ސަރވިސްގައި
ހިމެނޭނެ މަޤާމުތަކުގައި
ތިއްބެވި މުވައްޒަފުންގެ
ތެރެއިން 01
މެއި 2008 އާ
ހަމައަށް 65
އަހަރު
ފުރިފައިވާ
މުވައްޒަފުން
އެ ތާރީޚުން
ފެށިގެން
ވަޒީފާއިން
ވަކިވާނެއެވެ.
ނަމަވެސް،
އުމުރުން 65 އަހަރު
ހަމަވެގެން
މުސްކުޅި
ކުރެވޭ
މުވައްޒަފެއްގެ
މަޤާމަކީ
އޭގެ ފަހުން
ވެސް މީހަކު
ބޭނުންވާ
މަޤާމަކަށް ވެފައި
އެ މަޤާމަށް
މީހަކު
ހޯދުމަށް އިޢުލާން
ކޮށްގެން އެ މަޤާމަށް
ޝަރުތު
ހަމަވާ، އެ
ކަމަށް އެދޭ
އެހެން
ދިވެހި
ރައްޔިތެއް
ނުލިބިއްޖެ
ނަމަ، އަދި އެ
މުސްކުޅި
ކުރެވޭ މީހާ
އެ
ވަޒީފާއަށް
އެދޭ ނަމަ، ދިވެހި
ސިވިލް
ސަރވިސް ގެ
ޤަވާޢިދާ
އެއްގޮތަށް
އެ މީހަކު
ކޮންޓްރެކްޓް
އުސޫލުން އެ
ވަޒީފާގައި
ބެހެއްޓުމުގެ
ފުރުސަތު
އޮންނާނެއެވެ.
މިހެންވެ
މި ކަން ޢާންމުކޮށް
އެންގުމަށްޓަކައި
އިޢުލާން
ކުރީމެވެ.
27
މުޙައްރަމް 1429
04
ފެބްރުއަރީ 2008