ނަންބަރު: / 2008 / 188-B

އިޢުލާން

ސަރުކާރުގެ ބައެއް އޮފީސްތަކުގެ އިސްމަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު

ތިރީގައި މި ދަންނަވާ ސަރުކާރުގެ އޮފީސް ތަކުގެ ބައެއް އިސް މަޤާމްތަކަށް މުވައްޒަފުން ހަމަޖައްސަން ބޭނުންވާތީ، އެ މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ކުރިމަތި ލުމުގެ ފުރުސަތު އާންމުކޮށް ހުޅުވައިލަމެވެ.

އިސް މަޤާމްތަކަށް މުވައްޒަފުން ބެނުންވާ އޮފިސްތައް

އޮފީސް

ބޭނުންވާ މަޤާމް

  1. މިނިސްޓްރީ އޮފް ހެލްތު

ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް
މިމަޤާމްގެ ވަޒީފާބަޔާން އަދި ޝަރުޠުތައް.

  1. ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް

ޗީފް އެގްޒެކެޓިވް އޮފިސަރ
މިމަޤާމްގެ ވަޒީފާބަޔާން އަދި ޝަރުޠުތައް.

  1. ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަން އެންޑް ރިހެބިލިޓޭޝަން ސަރވިސަސް

ޑިރެކްޓަރ ޖެނެރަލް
މިމަޤާމްގެ ވަޒީފާބަޔާން އަދި ޝަރުޠުތައް.

  1. ޑިޕާޓްމަންޓް އޮފް ޖަސްޓިސް

ޑިރެކްޓަރ ޖެނެރަލް
މިމަޤާމްގެ ވަޒީފާބަޔާން އަދި ޝަރުޠުތައް.

ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:
އިސް މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކުން ތިރީގައި މިވާ ލިޔުންތައް 12 އޮކްޓޯބަރ 2008 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:30ގެ ކުރިން މި ކޮމިޝަނަށް ހުށަހެޅުން އެދެމެވެ.

  1. ކުރިމަތިލާ މަޤާމް އަދާކުރެއްވިދާނޭކަން ޤަބޫލްކުރެވޭ ސަބަބު ބަޔާންކޮށް މި ކޮމިޝަނަށް އެޑްރެސްކޮށް ލިޔެފައިވާ ސިޓީ
  2. އިޢުލާނުގައިވާ މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު؛
  3. ތައުލީމީ ސެޓްފިކެޓް ހުށައަޅާނަމަ، މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ފެންވަރު ބަލާފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ). މެޑިކަލް ދާއިރާގެ ތައުލީމީ ސެޓްފިކެޓް ހުށައަޅާނަމަ، މޯލްޑިވްސް މެޑިކަލް ކައުންސިލުން ފެންވަރުބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ).
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ).

                               
24  ރަމަޟާން  1429
24 ސެޕްޓެމްބަރ 2008

ީ   

 

 

All rights reserved by Civil Service Commision of Maldives, 2008