ާ

ނަންބަރު: 58/2008/ A-188

ވަޒީފާގެ ފުރުސަތު

އިންސާފްވެރި ޕްރޮފެޝަނަލް ޚިދުމަތެއްގެ ގޮތުގައި ދިވެހި ސިވިލް ސަރވިސް ޤާއިމް ކުރުމުގެ ބައިވެރިއަކަށް ވުމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަންގެ މުވައްޒަފަކަށްވެވަޑައިގެންނެވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވައިލަމެވެ.

 

މަޤާމް:

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:
ސެކްޝަން:
މުސާރަ:

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1
އެޑްމިން އެންޑް ފައިނޭންސް ސެކްޝަން/  ސިވިލް ސަރވިސް މޮޑަނައިޒޭޝަން އެންޑް ރިފޯމް ސެކްޝަން
4390.00 ރުފިޔާ

ބޭނުންވާ ޢަދަދު:

02

ތަޢުލީމާއި ތަޖުރިބާ:

  • މަޤާމުގެ މަސައްކަތުގެ ދާއިރާއިން ޕްރޮފެޝަނަލް ސެޓްފިކެޓެއް ލިބިފައިވުން ނުވަތަ،
  • ޖީސީއީ އޭލެވެލް އެޗްއެސްސީ އިމްތިޙާނުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ،
  • ޖީސީއީ އޯލެވެލް އާއި އެސްއެސްސީ އިމްތިޙާނުން 3 މާއްދާއިން ފާސްވެފައިވުމާއެކު 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން 
  • ތާނަ އަދި އިނގިރޭސި އަވަހަށް ޓައިޕް ކުރަންއެނގޭ، ޢިބާރާތްކުރުން ރަނގަޅު ކުދީންނަށް އިސްކަމެއް ދެވޭނެއެވެ.

 

މަޤާމުގެ މަސްއޫލިއްޔަތު:

  
އެޑްމިން އެންޑް ފައިނޭންސް ސެކްޝަން:

  • ކޮމިޝަންގެ އެޑްމިން އެންޑް ފައިނޭންސް ސެކްޝަންގެ އިދާރީ މަސައްކަތްކުރުން

ސިވިލް ސަރވިސް މޮޑަނައިޒޭޝަން އެންޑް ރީފޯމް ސެކްޝަން:

  • މިކޮމިޝަންގެ ސިވިލް ސަރވިސް މޮޑަނައިޒޭޝަން އެންޑް ރިފޯމް ސެކްޝަންގެ އިދާރީ މަސައްކަތް ކުރުން
  • ސެކްޝަނުން ހިންގާ އެކިއެކި ޕްރޮގްރާމްތަކުގައި ބައިވެރިވެ އެހީތެރިވެދިނުން

އުޖޫރައާއި އިނާޔަތްތައް:

މަތީގައި ދެންނެވިފައިވާ މަޤާމްތަކަށް ތިރީގައި މިދަންނަވާ އުޖޫރައާއި ޢިނާޔަތްތައް ލިބޭނެއެވެ.

  • އިތުރުގަޑީގެ ފައިސާ: ހަމަޖެހިފައިވާ އުޞޫލުން
  • ޕްރޮފެޝަނަލް / ޓެކްނިކަލް އެލެވަންސް
  • ދިގުމުއްދަތުގެ އެލެވަންސް

ސިޓީ ފޮނުވަންވީ ތާރީޚު:

23 އޮކްޓޯބަރ 2008 ބުރާސްފަތި ދުވަހުގެ މެންދުރު 14:30 ގެ ކުރީން ސިވިލް ސަރވިސް ކޮމިޝަނަށް
( ގ. މެޕްލްލީފް ބިލްޑިންގ 3ވަނަ ފަންގިފިލާ)

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖައްސަވާފައިވާ އަޞްލު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3303647 ނަންބަރު ފޯނާއެވެ.  ފެކްސް ނަންބަރަކީ 3303648 އެވެ.  އީ.މެއިލް އެޑްރެހަކީ admin@csc.gov.mv އެވެ. އިތުރު މަޢުލޫމާތު މިކޮމިޝަންގެ ވެބްސައިޓް http:// www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

19 ޝައްވާލް   1429 ހ
19 އޮކްޓޯބަރ  2008 މ

 

ީ   

 

 

All rights reserved by Civil Service Commision of Maldives, 2008