ާ

ނަންބަރު: 64/2008/ A-188

ކޮންޓްރެކްޓް އުޞޫލުން ޤާނޫނީ ކަންކަމުގައި އެހީތެރިވެދޭނެ ފަރާތެއް ހޯދުން:


މިކޮމިޝަނަށް ކޮންޓްރެކްޓް އުޞޫލުން ޤާނޫނީ ކަންކަމުގައި އެހީތެރިވެދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރ 188-A/2008/62 (20 އޮކްޓޯބަރ 2008) އާއި ގުޅިގެން ހުށަހެޅުނު ޕްރޮޕޯޒަލްތައް ބަލައިގަތުމުގެ މަރުޙަލާ ކުރިޔަށް ގެންދެވިފައިވަނީ އެންމެ ރަނގަޅަށް ނޫންކަމާއި، ޕްރޮޕޯޒަލްތައް ހުށަހެޅިފައިވަނީ އެއްވަގުތެއްގައި ނޫންކަމުން، އެކަންތައްތައް އިޞްލާޙުކޮށް އަލުން އިޢުލާން ކުރުމަށް ކޮމިޝަނުން ނިންމަވާފައިވާތީ، އެ އިޢުލާން ބާޠިލްކޮށްފީމެވެ.

ސިވިލް ސަރވިސް ކޮމިޝަނަކީ އެންމެހާ ނުފޫޒުތަކުން އެއްކިބާވެތިބެ، ދިވެހި ސިވިލް ސަރވިސްގައި ހިމެނޭ އެންމެހާ މުވައްޒަފުންނަށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާޢިދުން ލިބިދޭ ޙައްޤުތަކުގެ ޙިމާޔަތުގައި މަސައްކަތްކުރާ، އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރާއި، މުޢާމަލާތު ކުރުމުގެ ޙައިސިއްޔަތު ލިބިފައިވާ މުސްތަޤިއްލު މުވައްސަސާއެކެވެ. ކަންމިހެން އޮތުމާއެކު، މި ކޮމިޝަނުން އަދާކުރަންޖެހޭ ޤާނޫނީ ވާޖިބުތައް އަދާކުރުމުގައި އެހީތެރިވެދޭނޭ ޤާބިލް ފަރާތެއް ހޯދުމަށް އަލުން ޢާންމުކޮށް އިޢުލާންކުރަމެވެ.

ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރުމަށް 5 ޖެނުއަރީ 2009 ހޯމަ ދުވަހުގެ ހެދުނު 11:00 ގައި މިކޮމިޝަންގައި ބޭއްވޭ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި މިކޮމިޝަނުންދޭ މަޢުލޫމާތާއި އެއްގޮތަށް ޕްރޮޕޯޒަލް ތައްޔާރުކުރެއްވުމަށްފަހު، 8 ޖެނުއަރީ 2009 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އަށް ޕްރޮޕޯޒަލް ހިއްޕަަވައިގެން މިކޮމިޝަންގެ ސެކްރެޓޭރިއެޓް ހިންގާ ޢިމާރާތުގެ (ގ. މެޕްލް ލީފް ބިލްޑިންގ) 5 ވަނަ ފަންގިފިލާގައިވާ މީޓިންގ ރޫމަށް ވަޑައިގެން ދެއްވުމަށް ދަންނަވަމެވެ.

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3303647 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީ.މެއިލް އެޑްރެހަކީ admin@csc.gov.mv އެވެ.


02 މުޙައްރަމް 1429
30 ޑިސެމްބަރ 2008

 

 

ީ   

 

All rights reserved by Civil Service Commision of Maldives, 2008