|
|
| |
|
|
|
|
| |
|
ދިވެހި ސިވިލް ސަރވިސް އިން ހުސްވެފައިވާ ވަޒީފާތަކަށް ކުރިއަށް އޮތްތަނުގައި މީހުން ނުލެއްވުން
- ސިވިލް ސަރވިސްގެ އޮފީސްތަކުގައި ހުސްވެފައިވާ ވަޒީފާތަކަށް މީހުން އިތުރަށް ހަމަނުޖައްސާގޮތަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ. މިގޮތަށް ނިންމީ ސަރުކާރުގެ އޮނިގަނޑަށް ގެންނެވި ބަދަލުތަކާ ގުޅިގެން ސަރުކާރުގެ އޮފީސްތަކުގެ ވަޒީފާގެ ކަންތައްތައް ހަމަޖެހެންދެންނެވެ.
މިކަމުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ އައު އޮނިގަނޑުގެ ދަށުން ބައެއް ވުޒާރާތައް އުވާލެވި، އެއްވުޒާރާ އަނެއްވުޒާރާއާއި އެއް ކޮށްލެވިފައި ވުމާ ގުޅިގެން، އެފަދަ ވުޒާރާތަކުގެ ހިންގުމުގެ އޮނިގަނޑަށް ފެތޭގޮތަށް މުވައްޒަފުން ހަމަޖެއްސުމަށް ފުރުޞަތު ދިނުމުގެ ގޮތުންނެވެ.
- މިފަދައިން ކަންތައްތައް ހަމަޖެހުމަށްފަހު، މުވައްޒަފުން އިތުރުވާކަމުގައިވަނީނަމަ، އެކަމަށް ޙައްލެއް ހޯދުމުގެ ގޮތުން ތަފާތު ޕެކޭޖް ތަކެއް ތައްޔާރު ކުރުމުގެ މަސައްކަތް މިކޮމިޝަނުން ދަނީ ކުރިއަށް ގެންދަމުންނެވެ. މިގޮތުން 55 އަހަރު ވެފައިވާ ބޭފުޅުންނަށް ޚާއްޞަ ރިޓަޔަމަންޓް ސްކީމެއް ތައްޔާރުކުރެވި ވަނީ ނިމިފައެވެ. އަދި މީގެ އިތުރުން 55 އަހަރުން ދަށުގެ ބޭފުޅުންނަށްވެސް ރިޑަންޑެންސީ އިނާޔަތުގެ ޕެކޭޖް ތަކެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. މިފަދަ އިނާޔަތުގެ ޕެކޭޖްތަކެއް ތަޢާރަފް ކުރުމުގެ ބޭނުމަކީ ޒުވާނުންނަށް އިތުރު ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއެކު ވަޒީފާގައި އިތުރު ތަމްރީނާއި މަތީތަޢުލީމް ޙާޞިލް ކުރުމުގެ ފުރުޞަތު ހޯދައިދީ ސިވިލް ސަރވިސްގެ ކުރިމަގު އުޖާލާ ކުރުމެވެ.
18 ނޮވެމްބަރ 2008
|
|
|
| |
|
|
|
|
|
|