މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަލްފާޟިލް ޤާސިމް އިބްރާހިމް އާއި ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. މުޙައްމަދު ލަތީފް، ނާއިބް ރައީސް ޑރ. ޢަބްދުލް މުޙްސިން އަދި މެމްބަރ އަލްފާޟިލް ޒަކަރިއްޔާ ޙުސައިނެވެ. މީގެ އިތުރުން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް ޢަބްދުﷲ ޚަލީލްގެ އިތުރުން ސެކްރެޓޭރިއަޓްގެ 1 މުވައްޒަފަކުވެސް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއަދު 1030 ގައި އޮތް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގުންމާއި ބެހޭ ގޮތުންނެވެ. މިގޮތުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަލްފާޟިލް ޤާސިމް އިބްރާހިމް ލާމަރުކަޒީ އުޞޫލުން އަތޮޅުތައް ހިންގަވާނެގޮތް ތަފްސީލުކޮށް ވިދާޅުވެދެއްވިއެވެ.
މީގެ އިތުރުން މިއަދު 1130 ގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. މުޙައްމަދު ލަތީފް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަލީ ޙާޝިމް އާއި ބައްދަލު ކުރެއްވިއެވެ.
މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް ޑރ. މުޙައްމަދު ލަތީފްގެ އިތުރުން ނާއިބް ރައީސް ޑރ. ޢަބްދުލް މުޙްސިން އަދި މެމްބަރ ޚަދީޖާ އާދަމެވެ. މީގެ އިތުރުން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް ޢަބްދުﷲ ޚަލީލްގެ އިތުރުން ސެކްރެޓޭރިއަޓްގެ 2 މުވައްޒަފުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ރިޑަންޑެންޓް ކުރެވޭ މުވައްޒަފުންނަށް ދޭން ޖެހޭ އިނާޔަތްތަކާ ބެހޭ ގޮތުންނެވެ. އަދި މިކަމާ ބެހޭ ގޮތުން ތައްޔާރު ކުރެވިފައިވާ ޑްރާފްޓް ކަރުދާހެއް މިނިސްޓަރުގެ އަތްޕުޅަށް އެރުވުނެވެ.
20 ނޮވެމްބަރ 2008