ސިވިލް ސަރވިސް ކޮމިޝަނުގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ހަފްލާއެއް ބާއްވައިފި.

10 ނޮވެމްބަރ 2018



ސިވިލް ސަރވިސް ކޮމިޝަނުގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ޚާއްޞަ ހަފްލާއެއް ބާއްވައިފިއެވެ. ހުކުރުދުވަހުގެ ރޭ ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލުގައި ބޭއްވި މި ހަފްލާގައި ކޮމިޝަނުގެ މުވައްޒަފުންގެ ތެރެއިން ފާއިތުވި އަހަރު ނަމޫނާ މުވައްޒަފުންގެ ގޮތުން ވަނަތައް ޙާޞިލް ކުރި މުވައްޒަފުންނާއި ފާއިތުވި އަހަރު ހާޞިރީއަށް އެންމެ ފަރުވާތެރި މުވައްޒަފުންގެ ތެރޭން 1 ވަނަ 2 ވަނަ އަދި 3 ވަނައަށް ހޮވުނު މުވައްޒަފުންނަށް އެވޯޑްދިނުމާއި ކޮމިޝަނުގައި ދިގުމުއްދަތެއްވަންދެން ޚިދުމަތްކުރައްވަމުން ގެންދަވާ މުވައްޒަފުންނަށް ޚިދުމަތުގެ އަގުވަޒަންކުރުމުގެ އެވޯޑްދިނުން ހިމެނެއެވެ. މި އެވޯޑްތަކުގެ އިތުރުން ކޮމިޝަން ރައީސްހުށައަޅުއްވާ އެވޯޑްތަކުގެ ތެރޭގައި ހިމެނޭ، އެންމެ ގުޅިގެން މަސައްކަތްކުރާ މުވައްޒަފުގެ އެވޯޑާއި، އެންމެ އީޖްތިމާއީ އަދި އެހީތެރި މުވައްޒަފުގެ އެވޯޑާއި އެންމެ އީޖާދީ މުވައްޒަފުގެ އެވޯޑް ދިނުމާއި ސިވިލް ސަރވިސް ކޮމިޝަނުގެ ކްލަބުން ދޭ އެވޯޑްތަކަށް ވާދަކޮށް އެވޯޑް ހާޞިލްކުރި ފަރާތްތަކަށް އެވޯޑް ދިނުންވެސް މި ހަފްލާގައި ކުރިޔަށްދިޔައެވެ.

ފާއިތުވި އަހަރު ހާޞިރީއަށް އެންމެ ފަރުވާތެރި މުވައްޒަފުންގެ ތެރެއިން 1 ވަނަ ހާޞިލްކުރީ އާދަމް ޙަލީމެވެ. 2 ވަނަ ހާޞިލްކުރީ ފާޠިމަތު ޙަބީބާއެވެ. 3 ވަނަ ދެ މުވައްޒަފުން ހާޞިލްކުރިއެވެ. އެއީ ފާޠިމަތު މުޙައްމަދާއި ޘަނާ އިބްރާހިމެވެ. ނަމޫނާ މުވައްޒަފުންގެ ތެރޭން 1 ވަނައަށް ހޮވުނީ ޢާއިޝަތު ޝިފްނާއެވެ. 2 ވަނައަށް ހޮވުނީ ފާޠިމަތު މީނާ ނަޞީރު އަދި 3 ވަނައަށް ޢަލީ ޢާމިރެވެ. ޚިދުމަތުގެ އަގުވަޒަންކުރުމުގެ އެވޯޑް ކޮމިޝަނުގައި މެދުނުކެނޑި 5 އަހަރު ވީ 3 މުވައްޒަފަކާއި މެދުނުކެނޑި ކޮމިޝަނުގައި 10 އަހަރުވީ 12 މުވައްޒަފަކަށް ލިބުނެވެ. މި ހަފްލާގައި، ކޮމިޝަނުގެ މެންބަރުކަމުގައި 5 ޓާމު ހަމަކުރައްވާ މި މަހުގެ ތެރޭގައި ވަކިވެވަޑައިގަންނަވާ މެންބަރު ކަމަށްވާ ފާޠިމަތު ރީނީ ޢަބުދުއްސައްތާރަށް ޚިދުމަތުގެ ރަމްޒުގެ ހަނދާނީ ފިލައެއް އެރުވުންވެސް އޮތެވެ. މި ފިލާ ރީނީއަށް ހަވާލުކޮށްދެއްވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.

މުވައްޒަފުން ހުށަހަޅައިދިން މުނިފޫހި ފިލުވުމުގެ އެކިއެކި އައިޓަމްތައް ހިމެނޭގޮތަށް ކުރިޔަށްދިޔަ މި ހަފްލާގައި މުވައްޒަފުންނާ މުޚާތަބުކޮށް ވާހަކަދައްކަވަމުން ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ވިދާޅުވީ މުވައްޒަފުން ގުޅިގެން އަހަރީ ދުވަހުގެ ހަފްލާގެ ހުރިހާކަމެއް ކުރިޔަށްގެންދެވީ ވަރަށް ފުރިހަމައަށް ޕްރޮފެޝަނަލްކަމަށާއި އެ ޕްރޮފެޝަނަލިޒަމް ރަސްމީ މަސައްކަތްތަކުގައި ކޮންމެ މުވައްޒަފަކުވެސް ކުރިޔަށްގެންގޮސްދެއްވުން އެދިވަޑައިގަންވާކަމަށެވެ. އަދި އަބަދުވެސް އާ ކަންކަމާ ގޮތްތައް ދަސްކޮށް މަސައްކަތުގެ ދައިރާއަށް އީޖާދީގޮތްތައް ގެނެސް މަސައްކަތްކުރެއްވުމަށް ވެސް ކޮމިޝަނުގެ ރައީސް އެދިވަޑައިގެންނެވިއެވެ.

ކޮމިޝަނުގެ 10 ވަނަ އަހަރީ ދުވަހުގެ މުނާޞަބާގައި ބޭއްވި ހަފްލާގައި، ކޮމިޝަނުގެ މެންބަރުކަމުގައި 5 ޓާމު ހަމަކުރައްވާ މި މަހުގެ ތެރޭގައި ވަކިވެވަޑައިގަންނަވާ މެންބަރު ކަމަށްވާ ފާޠިމަތު ރީނީ ޢަބުދުއްސައްތާރަށް ޚިދުމަތުގެ ރަމްޒުގެ ހަނދާނީ ފިލައެއް އެރުވުންވެސް އޮތެވެ. މި ފިލާ ރީނީއަށް ހަވާލުކޮށްދެއްވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.

ކޮމިޝަނުގެ 10 ވަނަ އަހަރީ ދުވަހުގެ މުނާޞަބާގައި ބޭއްވި ހަފްލާގައި، ދިހަވަނަ އަހަރީ ދުވަހުގެ ކޭކް ފެޅުމާއި ކޮމިޝަނުގެ މެންބަރުކަމުގައި 5 ޓާމު ހަމަކުރައްވާ މި މަހުގެ ތެރޭގައި ވަކިވެވަޑައިގަންނަވާ މެންބަރު ފާޠިމަތު ރީނީ ޢަބުދުއްސައްތާރަށް ޚިދުމަތް ފާހަގަކޮށް ފެއާވެލް ކޭކު ފެޅުންވެސް ކުރިޔަށްދިޔައެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް