01 ނޮވެމްބަރ 2018
ޗައިނާގައި ބޭއްވުނު ސެމިނަރގައި ބައިވެރިވުމުގެ ތެރޭގައި ވަރަށް ގިނަ މަޢުލޫމާތުތަކެއް ލިބި އައު ކަންކަން ދަސްވިކަމަށާއި އަދި ޚައިރާންކުރަނިވި ކަންކަންވެސް ފެނިގެން ދިޔަކަމުގައި ސެމިނަރގެ އެއް ބައިވެރިއެއްކަމުގައިވާ އައި.ޖީ.އެމް.އެޗުގެ ލޮލުގެ ޚާއްސަ ޑޮކްޓަރ ޑރ. ޝާމްލީ ވިދާޅުވެއްޖެއެވެ.
މިހެން އެ ބޭފުޅާ ވިދާޅުވީ، ޗައިނާ ސަރުކާރުން ދިވެހި ސިވިލް ސަރވިސްގެ 20 މުވައްޒަފަކަށް އިންތިޒާމުކޮށްދިން ޕަރފޯމަންސް މެނޭޖުމަންޓާއި ބެހޭ ސެމިނަރގެ ބައިވެރިވެ ވަޑައިގަތް އެއް ބޭފުޅެއްގެ ހައިސިއްޔަތުންނެވެ. މަސައްކަތްކުރުމުގައި އެންމެ ރަގަޅު ނަތީޖާ ނެރެވޭނެ ގޮތްތަކުގެ މައްޗަށާއި މުވައްޒަފުންނަށް މަސައްކަތްކުރުމަށް ހިތްވަރުދީ އަދި ރަގަޅަށް މަސައްކަތްނުކުރެވޭނަމަ އިސްލާހީ ފިޔަވަޅުއެޅުމުގައި ޗައިނާގައި ގެންގުޅެވޭ އުސޫލުތަކާއި ކުރާކަންކަމުގެ މައްޗަށް ތަމްރީނު ދެވުނު މި ސެމިނަރ ބޭއްވުނީ މި އޮކްޓޯބަރ މަހުގެ 16 އިން 29 އަށް ޗައިނާގެ ހައިކޫ ސިޓީގައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026