މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ވެބްސައިޓު މެދުވެރިކޮށް ޚަބަރާއި މަޢުލޫމާތު އެންމެ ރަގަޅަށް ހާމަކުރާ މުވައްސަސާތަކާއި އޮފީސްތަކުގެ މެދުގައި ކޮންމެ އަހަރަކު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބާއްވަވާ ދަރަޖަކުރުމުގައި މިއަހަރު ސިވިލް ސަރވިސް ކޮމިޝަނަށް 2 ވަނަ ދަރަޖަ ލިބިއްޖެއެވެ. މިކަން އިޢުލާނުކުރެވިގެން ދިޔައީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ބައިނަލް އަޤްވާމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިސްލާމިކް ޔުނިވަރސިޓީގައި އިންފޮމޭޝަން ކޮމިޝަނުގެ އޮފީހުން 17 އޮކްޓޫބަރު 2018 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމީ ހަފުލާގައެވެ.
މި އަހަރުވެސް 1 ވަނަ ދަރަޖަ މުވައްސަސާތަކުން ހާސިލުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަނުންނެވެ. މިއީ ޖެހިޖެހިގެން ރަންވަނަ އެ ކޮމިޝަނުން ހާސިލުކުރި 3 ވަނަ އަހަރެވެ. ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު އޮޑިޓަރ ޖެނެރަލް އަލްފާޟިލް ޙަސަން ޒިޔަތު މައުލޫމާތު ހާމަކުރުމުގެ މުހިއްމުކަމުގެ މައްޗަށް ބާރުއަޅުއްވަވައި ވާހަކަފުޅު ދެއްކެވިއެވެ. ޒިންމާދާރުކަން ކުޑަކޮށް ސޯޝަލް މީޑިއާގައި ސައްޙަނޫން ހަޤީގަތާއި ޚިލާފު މަޢުލޫމާތު ފަތުރަމުންދާތީ އެފަދަ ކަންކަމުން ދުރުހެލިވުމަށް އިލްތިމާސްކުރެއްވެވިއެވެ.
މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ދެއްވަވާ އެހީތެރިކަމާއި އެއްބާރުލުން ވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުމެއް އެރުވިއެވެ. އަދި ކޮމިޝަނުގެ ރައީސް އެ ކޮމިޝަނުގެ މުވައްޒަފުންގެ ތެރެއިން ޚިދުމަތުގެ ގޮތުން ފާހަގަކުރެވުނު މުވައްޒަފުންނަށް ހަނދާނީ ލިޔުން ސްޓޭޖް މަތިން ބައްސަވާދެއްވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026