30 ސެޕްޓެމްބަރ 2018
ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ވީހާވެސް އޮމާންކަމާ ފުރިހަމަކަމާއެކު ގެންދިއުމުގައި ސިވިލް ސަރވިސް އިދާރާތަކުގެ އެއްބާރުލުން އިތުރުކުރުމާގުޅޭގޮތުން ޕަރމަނަންޓް ސެކްރެޓްރީންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރައްވައިފިއެވެ. މިއަދު ކޮމިޝަނުގެ މެންބަރުންނާއި ކޮމިޝަނުގެ އިސް މުވައްޒަފުން ހިމެނޭގޮތުން ބޭއްވި މި ބައްދަލުވުމުގައި، ވެރިކަން ބަދަލުވުމުގެ މަރުޙަލާއާބެހޭ ޤާނޫނާއި (ޤާނޫނު ނަމްބަރު 5/2010) ބެހޭ ޕްރެޒެންޓޭޝަނަކާއެކު މަޢުލޫމާތު ޙިއްޞާކުރެވުނެއެވެ. އަދި މި މަރުހަލާގެ ކަންކަން އޮމާންކޮށް ގެންދިއުމުގައި ޕަރމަނަންޓް ސެކްރެޓަރީންގެ އެއްބާރުލުން ބޭނުންވާ ކަންކަމާގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މި ގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންޒިޝަން އައްޔަންކުރުމާ ގުޅޭ މަޢުލޫމާތާއި އަދި މި މަރުހަލާގައި ކުރަންހުރި މަސައްކަތްތަކުގެ ތަފްޞީލުތައް ކޮމިޝަނުން ޕީއެސްއިންނާ ޙިއްސާކުރެއްވިއެވެ.
މިއަދު ހެނދުނު ބޭއްވި މި ބައްދަލުވުން ފައްޓަވައިދެއްވާ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ދެއްކެވި ވާހަކަފުޅުގައި އިންތިޚާބީ ރައީސް އޮނަރަބުލް އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞޯލިޙާއި އިންތިޚާބީ ނައިބުރައީސް އޮނަރަބުލް ފައިސަލް ނަސީމަށް ސިވިލް ސަރވިސްގެ މުވައްޒަފުންގެ ނަމުގައާއި ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި ހޫނު މަރުޙާބާއެއް ދެންނެވިއެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާ ވީހާވެސް ކާމިޔާބުކަމާއެކު ކުރިޔަށްގެންދިއުމަށް ދިވެހި ސިވިލް ސަރވިސްއާ އަދި ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ، ނިމިދިޔަ ސަރުކާރުން ސިވިލް ސަރވިސްއަށާއި ކޮމިޝަނަށް ދެއްވާފައިވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމާއި ކެބިނެޓްގެ ވަޒީރުންނަށް ސިވިލް ސަރވިސްއާ އަދި ކޮމިޝަނުގެ ފަރާތުން ޝުކުރު ދެންނެވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026