09 ސެޕްޓެމްބަރ 2018
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައި މި އަހަރު ފަށާފައިވާ ކޯޕަރޭޓް ޓްރެއިނިންގ ނުވަތަ ވިޔަފާރި ކުންފުނިތަކުގެ މުވައްޒަފުން ތަމްރީނުކޮށްދިނުމަށް ހުޅުވާލައިފައިވާ ފުރުސަތުތަކެއް ނުވަތަ ކޭސްތައް ޓޫރިޒަމް ސެކްޓަރަށް ތަޢާރަފުކޮށް މިދާއިރާގެ ފަރާތްތަކަށް ބޭނުންވާ މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ކޯސްތައް ދެނެގަތުމުގެ ގޮތުން ސިވިލް ސަރވިސް ކޮމިޝަނުން މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ)ގެ ބޭފުޅުންނާއިއެކު މަޝްވަރާ ބައްދަލުވުމެއް އެމް.އެމް.ޕީ.އާރ.ސީ އޮފީހުގައި ބާއްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގަތީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމާއި، ސީ.އެސް.ޓީ.އައިގެ ހިންގުން ބަލަހައްޓަވާ މެންބަރު އަލްއުސްތާޛު ޒަކަރިއްޔާ ހުސައިންއެވެ. އެމް.އެމް.ޕީ.އާރ.ސީގެ ފަރާތުން ބައްދަލުވުމުގައި އިސްކޮށް ބައިވެރިވެ ވަޑައިގަތީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ހާރިސް މުޙައްމަދެވެ.
މި ބައްދަލުކުރުމުގައި ޓޫރިޒަމް ސެކްޓަރަށް ބޭނުންވާނެ ތަމްރީނުތަކާއި ޓޫރިޒަމްގައި ހިމެނޭ 3 ގިންތީގެ ޚިދުމަތްތެރިންނަށް ތަމްރީނު ކޯސްތައް ފަރުމާކުރުމުގައި ބަލަންވީ މިންގަނޑުތަކާއި އަދި ކޯސްތައް ތަޢާރަފުކުރުމާއި އިސްތިހާރުކުރުމަށް ގެންގުޅެވިދާނެ ހިކުމަތްތަކާއި ގުޅޭގޮތުން މުއްސަނދި ޚިޔާލުތަކާއި މަޢުލޫމާތު ބަދަލުކުރެވިފައިވެއެވެ. އަދި މިކަން ކުރިޔަށްގެންދިޔުމުގައި ސީ.އެސް.ޓީ.އައި އަށް ފަންނީގޮތުން އެމް.އެމް.ޕީ.އާރ.ސީ އިން އެހީތެރިވެ ދެއްވުމަށް ނިންމުނެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026