02 ސެޕްޓެމްބަރ 2018
ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެސެލެންސީ މިސްޓަރ ކަޒޫމީ އެންޑޯ މިއަދު ހެނދުނު ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ކޮމިޝަނުގައި ބޭއްވުނު މި ބައްދަލު ކުރެއްވުމުގައި ދިވެހި ސިވިލް ސަރވިސްގެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ބަދަލުކުރެވި އަދި ކޮމިޝަނަށް ޖަޕާނު ސަރުކާރުގެ ފަރާތުން ކުރިޔަށް ގެންދެވިފައިވާ ކަންކަމާގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މި ބައްދަލު ކުރެއްވުމުގައި، ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ ( ޖައިކާ) އިން، އދ. މަޖްލީހުން ތަންފީޒުކުރަމުންދާ ސަސްޓެއިނަބުލް ޑިވެލޮޕްމަންޓް ގޯލްސް 2030 ޙާޞިލްކުރުމަށް ތަރައްޤީވުމަށް މަސައްކަތްކުރާ ޤައުމުތަކަށް "އެސްޑީޖީ ގްލޯބަލް ލީޑަރޝިޕް ޕްރޮގްރާމް 2019" ނަމުގައި ދެމުންދާ މަތީ ތައުލީމުގެ ފުރުޞަތުތައް ރައްޖެއަށް ފަހިކޮށްދެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ސަފީރު ވިދާޅުވިއެވެ.
މާސްޓަރ ފެންވަރަށް މެނޭޖްމަންޓް އަދި އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މި ޕްރޮގްރާމު މެދުވެރިކޮށް ފުރުޞަތު ލިބޭނެނަމަ، ކޮމިޝަނުން މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ހުރިކަން ކޮމިޝަނުގެ ރައީސްގެ ވާހަކަފުޅުގައި ވެސް ފާހަގަކުރެއްވިއެވެ.
ޖަޕާނަކީ ދިވެހިރާއްޖެއަށް އެކިއެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޤައުމެކެވެ. 2012 ވަނަ އަހަރު ކޮމިޝަނުގެ ވަފުދެއް ވަނީ ޖާޕާނުގެ ކުރިއަރާފައިވާ ސިވިލް ސަރވިސްގެ ތަޖްރިބާ ޙިއްޞާކުރުމުގެ ގޮތުންނާއި ކަމާބެހޭ ޖަޕާނުގެ މުވައްސަސާތަކާ ގުޅުން ބަދަހިކޮށް އެހީތެރިކަން ލިބޭތޯ މަސައްކަތްކުރުމުގެ ގޮތުން ޖަޕާނަށް ޖިޔާރަތްކުރައްވާފައެވެ. މިގޮތުން ޖަޕާނުގެ ނެޝަނަލް އޮތޯރިޓީ އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއެކު އެއްބާރުލުން އިތުރުކުރުމުގެ މަޤްޞަދުގައި ފަހުމު ނާމާއެއް އެކުލަވާލުމާ ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިއަދު ކޮމިޝަނަށް ކުރެއްވި ޒިޔާރަތުގައި ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ޒުހުރީއާ ވެސް ބައްދަލުކުރައްވައި ދިވެހި ސިވިލް ސަރވިސް ހަރުދަނާކޮށް ކުރިއެރުވުމަށް ބޭނުންވާ އެކިއެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވެއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026