26 އޯގަސްޓް 2018
ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ގދ. ތިނަދޫގެ ސިވިލް ސަރވިސްގެ މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ. ގދ. އަތޮޅުގެ 3 ސްކޫލެއްގެ ދަޢުވަތަކަށް އެ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި 18 އޮގަސްޓް 2018ގައި ތިނަދޫގެ އެކި އިދާރާތަކުގެ ސިވިލް ސަރވިސްގެ މުވައްޒަފުންނާ ބައްދަލުކުރެއްވުމުގެ އިތުރުން "ހިންގުމުގެ މޮޅު ހުނަރު"ތަކާ ބެހޭގޮތުން 2 ގަޑިއިރުގެ ތަމްރީނު ޕްރޮގްރާމެއް ވެސް ކޮމިޝަނުގެ ރައީސް ހިންގެވިއެވެ. މި ބައްދަލުވުމާއި ތަމްރީނުގެ ތެރެއިން، ސިވިލް ސަރވިސްގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ޑރ. ޢަލީ ޝަމީމު ހިއްސާކުރެއްވިއެވެ. އަދި ސިވިލް ސަރވިސްގެ އެކިކަންކަމާ ގުޅޭގޮތުން މި ބައްދަލުވުމުގެ ބައިވެރިން ކުރެއްވި ސުވާލުތަކަށް ވެސް ކޮމިޝަނުގެ ރައީސް ޖަވާބުދެއްވިއެވެ. ތިނަދޫ ކައުންސިލުން އިންތިޒާމު ކޮށްދެއްވި މި ތަމްރީނު ޕްރޮގްރާމުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައި ވަނީ ވެސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ. ކޮމިޝަނުގެ ރައީސް ކުރެއްވި މި ދަތުރުފުޅުގައި ތިނަދޫ އަބޫބަކުރު ސްކޫލުގައި، “އަމިއްލަ ނަފުސު ތަރައްޤީކުރުމާ”ބެހޭ ގޮތުން ތިނަދޫގެ ޒުވާނުންނަށް ބޭއްވި ސެމިނާރެއްގައި ވެސް މަޢުލޫމާތުދެއްވާފައި ވެއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026