11 އޯގަސްޓް 2018
ޗައިނާއަކީ މިވަގުތު ރާއްޖެއަށް އެންމެގިނަ ތަމްރީނުގެ ފުރުޞަތުތައް ފޯރުކޮށްދޭ ޤައުމުކަމަށް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ވިދާޅުވެއްޖެއެވެ.
ކޮމިޝަނުގެ ރައީސް މިހެން ވިދާޅުވީ ޗައިނާއިން ތައުލީމާއި އެކިއެކި ތަމްރީނު ޕްރޮގްރާމުތައް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ޝުއޫރު ޙިއްސާކުރުމަށް" ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަނާއި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ ގުޅިގެން ބަނޑޮސް އައިލެންޑްގައި ބޭއްވުނު ފޯރަމެއްގައި ވާހަހަކަދައްކަވަމުންނެވެ." މައި ސްޓޯރީ ވިތް ޗައިނާ" މި ޝިޔާރުގެ ދަށުން ބޭއްވުނު މި ފޯރަމުގައި ކޮމިޝަނުގެ ރައީސްގެ ވާހަކަ ބިނާކުރައްވާފައި ވަނީ ޗައިނާއަށް ކުރެއްވި ދަތުރުފުޅުތަކުން ދަސްވެފައިވާ ކަންކަމުގެ މައްޗަށެވެ.
ޗައިނާއަކީ ރާއްޖެފަދަ ތަރައްޤީވުމަށް މަސައްކަތްކުރަމުން އަންނަ ކުދި ޤައުމުތަކަށް ތަހުލީލުކުރާ ލެބޯޓްރީއެއް ނުވަތަ ރިފަރެންސް ލައިބްރަރީއެއްގެ ގޮތުގައި ކޮމިޝަނުގެ ރައީސް ސިފަކުރެއްވިއެވެ. މީގެ އިތުން ރާއްޖެއާ ޗައިނާއާ ދެމެދު ބަދަހިވެފައިވާ ގުޅުން އިތުރަށް ބަދަހިކުރުމަށް ކަލްޗަރަލް ސެންޓަރެއް ޤާއިމުވެފައި ހުރުމުގެ މުހިންމުކަން ވެސް ކޮމިޝަނުގެ ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ތަމްރީނުވުމަށް ޗައިނާއިން 100 ފުރުޞަތު ދެއްވާފައިވާތީ އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026