07 އޯގަސްޓް 2018
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ކޮމިޝަނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މިއަދު ކޮމިޝަނުގައި ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ކޮމިޝަނުގެ މައުލޫމާތުތައް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ވެބްސައިޓް މެދުވެރިކޮށް ހިއްޞާކުރުމަށް މަސައްކަތްކުރުމާއި، މައުލޫމާތު ހާމާކުރުމުގެ މުހިންމުކަމާބެހޭގޮތުން ސިވިލް ސަރވިސްގެ އިދާރާތައް ހޭލުންތެރިކުރުވުމަށް މަސައްކަތްކޮށްދެއްވުމާއި އަދި ދައުލަތުގެ އިދާރާތަކުގެ މެދުގައި ލިޔެކިއުންތައް ބެލެހެއްޓުން ހަރުދަނާކުރުމަށް އެކުލަވާލެވޭ ޕޮލިސީއާ ބެހޭގޮތުންނެވެ.
މި ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމާއި، ކޮމިޝަނުގެ ނައިބުރައީސް އަލްފާޟިލް ޝަހީދު މުޙައްމަދާއި، ކޮމިޝަނުގެ މެންބަރު އަލްފާޟިލް އިބްރާޙިމް ޝަހީޤު ބައިވެރިވެ ވަޑައިގެންނެވިއެވެ.މި ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އިންފޮކޮމިޝަނަރު އަލް އުސްތާޛު ޢަބުދުލް ޢަޒީޒު ޖަމާލު އަބޫބަކުރާއި އެ އޮފީހުގެ ޑިރެކްޓަރ ލީގަލް އެފެއާޒް އަލް އުސްތާޒާ ފާޠިމަތު ސައުޝަންއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026