19 ޖުލައި 2018
ޗައިނީޒް އެކަޑަމީ އޮފް ގަވަނަންސްއިން ސީއެސްޓީއައިގައި ހިންގި ތަމްރީނު ޕްރޮގްރާމު “ވޯކްސޮޕް އޮން އެންހޭންސިންގ ހިއުމަން ކެޕިޓަލް އޮފް ސިވިލް ސަރވިސް”ނިމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
މި ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކުރުމަށް މިއަދު ސިވިލް ސަރވިސް ޓްރެއިިނިންގ އިންސްޓިޓިއުޓުގައި ( ސީއެސްޓީއައިގައި) ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ތަމްރީނު ފުރިހަަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ޒަކަރިއްޔާ ހުޞައިނާއި ޗައިނީޒް އެކަޑަމީގެ ޑެލިގޭޝަން ހެޑެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ މި ތަމްރީނުގައި ސިވިލް ސަރވިސްގެ އެކި އިދާރާތަކުން ޖުމްލަ 40 މުވައްޒަފުން ބައިވެރިވެ ސެޓްފިކެޓް ހާޞިލުކޮށްފައި ވެއެވެ.
ޗައިނީޒް އެކަޑަމީގެ ފޮރޮފެސަރުންގެ ވަފުދަކުން ސީއެސްޓީއައިގައި ކުރިޔަށްގެންދެވި މި ތަމްރީނަކީ “އެގްޒެކެޓިވް ޓްރެއިނިންގ ޕްރޮގްރާމް ފޯރ މޯލްޑިވްސް ސިވިލް ސަރވިސް 2018" ދަށުން ކުރިޔަށްގެންދިޔަ 2 ތަމްރީނުގެ ތެރޭން އެއް ތަމްރީނެވެ. މި ޕްރޮގްރާމުގެ ދަށުން މިމަހުގެ 15 އިން ފެށިގެން 3 ދުވަހުގެ މުއްދަތަށް “ޓްރެއިނިންގ ޕްރޮގްރާމް އޮން އެކްސަލަރޭޓިންގ ޕަރފޯމަންސް މޭނޭޖްމަންޓް ސިސްޓަމް އިން ސިވިލް ސަރވިސް”ގެ ނަމުގައި ވެސް ތަމްރީނެއް ވަނީ ކުރިޔަށްގެންގޮސްފައެވެ. މި ތަމްރީނުގައި ޖުމްލަ 30 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވެ ތަމްރީނު ޕްރޮގްރާމު ފުރިހަމަކޮށްފައި ވެއެވެ. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައި ކުރިޔަށްގެންދިޔަ މި ތަމްރީނުތައް ކުރިޔަށް ގެންގޮސްދެއްވަނީ ޗައިނީޒް އެކަޑަމީ އޮފް ގަވަނަންސްގެ ޕްރޮފެސަރުންގެ ޓީމަކުންނެވެ.
ޗައިނީޒް އެކަޑަމީ އޮފް ގަވަނަންސްގެ ޕްރޮފެސަރުންގެ ވަފުދުގެ ބޭފުޅުން މެދުވެރިކޮށް ހިންގާ މި ތަމްރީނު ޕްރޮގްރާމުގެ އިތުރުން މި ވަފުދުގައި ހިމެނޭ ޕްރޮފެސަރ ޑރ. ސޫ ޕެންގްފޭގެ ޚާއްޞަ ތަޤްރީރެއްވެސް މިމަހުގެ 18 ވަނަ ދުވަހު ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ވަނީ ބާއްވާފައިވެއެވެ. ޕްރޮފެސަރ ސޫ ޕެންގްފޭގެ މި ތަޤްރީރު ބިނާކުރައްވާފައި ވަނީ “ސްޓްރެޓީޖިކް ލީޑަރޝިޕް؛ ބެލްޓު އެންޑް ރޯޑު އިނިޝިއޭޓިވް”މި މައުލޫގެ މައްޗަށެވެ.
ޗައިނީޒް އެކަޑަމީ އޮފް ގަވަނަންސްއާ ސިވިލް ސަރވިސް ކޮމިޝަނާއެކު ވެފައިވާ ފަހުމުނާމާއެއްގެ ދަށުން ކޮންމެ އަހަރަކު ރާއްޖޭގެ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސްގެ ޕްރޮފެސަރުންގެ ވަފުދެއް ރާއްޖެ ވަޑައިގެން ތަމްރީނު ޕްރޮގްރާމެއް އަންނަނީ ހިންގަވަމުންނެވެ. އަދި ކޮންމެ އަހަރަކު ރާއްޖޭގެ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޗައިނާއަށް ޒިޔާރަތްކޮށް ތަމްރީނާ ތަޖްރިބާ ޙާޞިލްކުރުމުގެ ފުރުޞަތުވެސް ޗައިނާއިން ވަނީ ފަހިކޮށްދީފައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026