18 ޖުލައި 2018
"ސްޓްރެޓީޖިކް ލީޑަރޝިޕް؛ ބެލްޓު އެންޑް ރޯޑު އިނިޝިއޭޓިވް" މި މައުލޫއަށް ޗައިނީޒް އެކަޑަމީ އޮފް ގަވަނަންސްގެ ޕްރޮފެސަރ ޑރ. ސޫ ޕެންގްފެއިގެ ޚާއްޞަ ލެކްޗަރ އެއް ބާއްވައިފިއެވެ. " އެގްޒެކެޓިވް ޓްރެއިނިންގް ފޯ މޯލްޑިވްސް ސިވިލް ސަރވަންޓްސް 2018"ގެ ނަމުގައި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގައި ތަމްރީނު ޕްރޮގްރާމެއް ހިންގެވުމަށް ރާއްޖެވަޑައިގެންނެވި ޕްރޮފެސަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޕްރޮފެސަރ ސޫ ޕެންގްފޭގެ މި ލެކްޗަރ ބާއްވާފައި ވަނީ 18 ޖުލައި 2018ގައި ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމްގައެވެ. ޕްރޮފެސަރުގެ މި ލެކްޗަރ ގައި ޗައިނާއާ ދިވެހި ރާއްޖެއަކީ ވަރަށް ކުރީޒަމާނުއްސުރެ ގުޅުން އޮންނަ ދެ ޤައުމުކަން ފާހަގަކުރައްވައި، 14 ވަނަ ގަރުނާ ހިސާބުގައި ވެސް ޗައިނާއާ ރާއްޖެއާ ދެމެދު ދެމެދުގެ ގުޅުންތައް އޮތްކަމުގެ ހެކިތައް ފެންނަން ހުރިކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަކީ ޚާއްޞަގޮތެއްގައި ޗައިނާގެ ސިލްކް ރޫޓު މަޝްރޫއުގެ ބައިވެރިއެއްކަމުން ރާއްޖެއަށް ގިނަގުނަ ފައިދާތައް ލިބެމުންދާކަން ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، ޗައިނާ ސަރުކާރުން ރާއްޖޭގައި އަޅަމުންދާ ފްލެޓްތަކާއި އަދި ކޮންމެ އަހަރަކު ޗައިނާއިން ރާއްޖެއަށް ދެމުންދާ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތަކާއި ސްކޯލަރޝިޕް ފުރުޞަތުތައް ހިމެނޭކަން ޕްރޮފެސަރ ފާހަގަކުރެއްވިއެވެ. ޕްރޮފެސަރުގެ ވާހަކަފުޅުގައި ޗައިނާ ސިލްކް ރޯޑުގެ ތާރީޚާއި އަދި މިހާރު ސިލްކް ރޯޑު މަޝްރޫއުގެ ދަށުން އެކި ޤައުމުތައް ގުޅާލުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލެއްވިއެވެ.
ޗައިނީޒް އެކަޑަމީ އޮފް ގަވަނަންސްގެ ޕްރޮފެސަރުގެ މި ލެކްޗަރއަކީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ކޮންމެ އަހަރަކުން ބާއްވަމުން އަންނަ ޕަބްލިކް ލެކްޗަރ ސީރީޒްގައި ހިމެނިގެން މި އަހަރު ބޭއްވުނު 4 ވަނަ ޕަބްލިކް ލެކްޗަރ އެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026