16 ޖުލައި 2018
ރާއްޖޭގެ ސިވިލްސަރވިސްގެ މަތީ ފަންތީގެ މުވައްޒަފުންނަށް އަމާޒުކޮށް ސީއެސްއައިޓީއާ ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސް ގުޅިގެން ހިންގި ތަމްރީނު ޕްރޮގްރާމުގެ ތެރޭގައި ހިމެނޭ "ޓްރެއިނިންގ ޕްރޮގްރާމް އޮން އެކްސަލަރޭޓިންގ ޕަރފޯމަންސް މޭނޭޖްމަންޓް ސިސްޓަމް އިން ސިވިލް ސަރވިސް" ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. މި ތަމްރީނު ޕްރޮގްރްރާމު ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ސީއެސްޓީއައިގައި ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކޮމިޝާނުގެ ނައިބުރައީސް ޝަހީދު މުހައްމަދާއި ޗައިނާ ވަފުދުގެ ހެޑް އޮފް ޑެލިގޭޝަން އެވެ. މި ތަމްރިނު ޕްރޮގްރާމުގައި ޖުމްލަ 30 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެ ސެޓްފިކެޓް ހާޞިލްކޮށްފައި ވެއެވެ. މި މަހުގެ 15 އިން ފެށީގެން 3 ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގެ އިތުރުން "އެގްޒެކެޓިވް ޓްރެއިނިންގ ޕްރޮގްރާމް ފޯރ މޯލްޑިވްސް ސިވިލް ސަރވިސް 2018" ތެރޭގައި ހިމެނިގެން "ވޯކްސޮޕް އޮން އެންހޭންސިންގ ހިއުމަން ކެޕިޓަލް" ގެ ނަމުގައި ވެސް 2 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ކުރިޔަށްގެންދެވޭނެއެވެ. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައި ކުރިޔަށްގެންދާ މި ތްމްރީނުތައް ކުރިޔަށް ގެންގޮސްދެއްވަނީ ޗައިނީޒް އެކަޑަމީ އޮފް ގަވަނަންސްގެ ޕްރޮފެސަރުންގެ ޓީމަކުންނެވެ.
ޗައިނީޒް އެކަޑަމީ އޮފް ގަވަނަންސްގެ ޕްރޮފެސަރުންގެ ވަފުދުގެ ބޭފުޅުން މެދުވެރިކޮށް ހިންގާ މި ތަމްރީނު ޕްރޮގްރާމުގެ އިތުރުން ލީޑަރސިޕާ ބެހޭގޮތުން ދެއްވާ ޕަބްލިކް ލެކްޗަރއެއް ވެސް ޖުލައި 18 ވަނަ ދުވަހު މެންދުރުފަހު 14:00 އިން 15:00 އަށް ޤައުމީ ޔުނިވަރސިޓީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޗައިނީޒް އެކަޑަމީ އޮފް ގަވަނަންސްއާ ސިވިލް ސަރވިސް ކޮމިޝަނާއެކު ވެފައިވާ ފަހުމުނާމާއެއްގެ ދަށުން ކޮންމެ އަހަރަކު ރާއްޖޭގެ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސްގެ ޕްރޮފެސަރުންގެ ވަފުދެއް ރާއްޖެ ވަޑައިގެން ތަމްރީނު ޕްރޮގްރާމެއް އަންނަނީ ހިންގަވަމުންނެވެ. އަދި ކޮންމެ އަހަރަކު ރާއްޖޭގެ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޗައިނާއަށް ޒިޔާރަތްކޮށް ތަމްރީނާ ތަޖްރިބާ ޙާޞިލްކުރުމުގެ ފުރުޞަތެއް ވެސް ޗައިނާއިން ވަނީ ފަހިކޮށްދީފައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026