ނަރުހުންގެ ވަޒީފާތަކުގެ އޮނިގަނޑާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހެލްތާއި ސިވިލް ސަރވިސް ކޮމިޝަނާއި އެކު މިއަދު މަޝްވަރާކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތްގައި ބޭއްވުނު މިމަޝްވަރާ ބައްދަލުވުގައި މިނިސްޓްރީ އޮފް ހެލްތްގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް ހެލްތް އޮނަރަބަލް އަލްފާޟިލް ނާޒިމް އިބްރާހީމެވެ. ކޮމިޝަނުންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.
ނަރުހުންގެ ވަޒީފާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކެރިއަރ ބޭސްޑްކޮށް ނުވަތަ ވަޒީފާގައި ކުރިއަށް ދެވޭނެ ގޮތަށާއި ނަރުހުންގެ ޙިދުމަތްގެ ޤާބިލްކަން ކުރިއެރުވޭ ގޮތަށް އަދި ވަޒީފާގެ ބާޒާރުގައި ވާދަވެރިކަން އިތުރުވުމުންދާ ދުވަސްވަރެއްގައި ނަރުހުންގެ ވަޒީފާތައް ހެޔޮގޮތުގައި ދެމެހެއްޓޭނެ ގޮތްތަކުގެ މައްޗަށް އަމާޒުހިފައިގެން ޒަމާނީ އޮނިގަނޑެއް ތައްޔާރުކުރުމަށް ކުރި އަންގެންދެވޭ މަޝްވަރާތައް ވިހާއަވަހަށް ނިންމައި ރަނގަޅު ނަތީޖާއެއް ނެރެވޭތޯ ކަމާބެހޭ ފަރާތްތަކުންދަނީ މަސައްކަތްކުރަމުންނެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026