ރޮން ކައުފްމަންގެ ސެޝަނަށް ދަޢުވަތު ދެއްވައިފި

24 ޖޫން 2018



ދުނިޔޭގެ މަޝްހޫރު މެނޭޖްމަންޓް ޢިލްމުގެ މާހިރެއް ކަމުގައިވާ އަދި ހާއްސަކޮށް ކަސްޓަމަރ ސަރވިސަސް އާއި މާރކެޓިންގެ ތަޖުރިބާކާރު ފަރާތެއް ކަމުގައިވާ ރޮން ކައުފްމަންގެ ތަމްރީނު ޕްރޮގްރާމަށް ސިވިލް ސަރވިސްއަށް ދަޢުވަތު ދެއްވައިފިއެވެ. މި ދަޢުވަތު ދެވުނީ މިއަދު ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާއިއެކު މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމް.އޭ.އެޗް.އާރު.ޕީ) ގެ ފަރާތުން ކޮމިޝަނުގައި ބޭއްވުން މަޝްވަރާ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ކޮމިޝަނުގެ އިސްފަރާތެއްގެ ގޮތުން އިންނެވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ. އެމް.އޭ.އެޗް.އާރު.ޕީގެ ފަރާތުން އިންނެވީ އެޖަމްއިއްޔާގެ ރައީސް ޙުސައިން އަފީފް އާއި އެގްޒެކެޓިވް ސެކްރަޓަރީ ޢަލީ އާދަމެވެ.

ރޮން ކައުފްމަންގެ ތަމްރީނު ޕްރޮގްރާމް ބާއްވަނީ ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި، އަންނަ އޮގަސްޓު މަހުގެ 4 ވާ ހޮނިހިރު ދުވަހު ހެދުނު 9 އިން ހަވީރު 5 އަށެވެ. މިއީ މިއަހަރު ކުރީކޮޅު އުފެދުނ އެމް.އޭ.އެޗް.އާރު.ޕީއިން އިންތިޒާމްކޮށް ބާއްވާ މިފަދަ ފުރަތަމަ ހަރަކާތެވެ. މީގެ އިތުރުންވެސް އެޖަމިއްޔާއިން ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ރާވަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ކޮމިޝަނާ ހިއްސާކުރެއްވެވިއެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް