05 ޖޫން 2018
ސިވިލް ސަރވިސްގެ މަޤާމުތަކުގެ މަސައްކަތުދާއިރާ އަދި ތަޢުލީމީ ރޮނގު އަދި ތައުލީމީ ރޮނގާ ގުޅޭ ސެޓްފިކެޓްތައް ކޮމިޝަނުން ކަނޑައަޅުއްވާގޮތަށް ބަދަލުކުރައްވާ އެގޮތަށް އަމަލުކުރަން ފަށައިފިއެވެ. 1 އެޕްރީލުން ފެށިންގެން މި އާ އުސޫލަށް އަމަލުކުރަން ފެށުމުން ސިވިލް ސަރވިސްގެ ވަޒީފާތަކުގެ ދާއިރާތައް ކަނޑައަޅައި އެ ދާއިރާތަކުގެ ތައުލީމީ ރޮންގުތަކާއި އަދި އެ ތައުލީމީ ރޮނގުތަކާ ގުޅޭ ސެޓްފިކެޓްތައް ކަނޑައަޅާނީ ސިވިލް ސަރވިސް ކޮމިޝަނުންނެވެ. މީގެ ކުރިން އެކަންކުރަމުން އައީ އިދާރާތަކުގައި ޤާއިމުވެފައިވާ އެޗްއާރުއެމްޑީ ކޮމެޓީތަކުންނެވެ. ސިވިލް ސަރވިސް ކޮމިޝަނުން މި ބަދަލު ގެންނެވީ މަސައްކަތުގެ ދާއިރާއާއި ތައުލީމީ ރޮނގުތަކާއި އެރޮނގުތަކާ ގުޅޭ ސެޓްފިކެޓްތައް އިދާރާތަކުން ކަނޑައަޅާގޮތަށް އޮތުމުން ތަޢުލީމީ ރޮނގުތައް ކަނޑައެޅުމާއި އަދި އެދާއިރާތަކާ ގުޅޭ ތައުލީމީ ސެޓްފިކެޓްތައް ކަނޑައެޅުމުގައި އެކި އިދާރާތަކުގެ މެދުގައި ހުރި ފަރަގުތައް ނަތާލައި މި ކަންކަމުގައި ހުރިހާ އިދާރާއަކުން އެއްގޮތަކަށް އަމަލުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަޤްޞަދުގައެވެ. މިހާރު މި ގެނެވުނު ބަދަލާއެކު ސިވިލް ސަރވިސްގެ އިދާރާތަކުން ވަޒީފާއަކަށް އިއުލާނު ކުރާއިރު އެ ވަޒީފާއެއްގެ ދާއިރާ ސިވިލް ސަރވިސްގެ 'ވިއުގަ'އިގެ ތެރޭގައި އެ ދާއިރާއެއް ކަނޑައަޅާފައި ވޭތީ ޔަޤީންކުރަންޖެހެއެވެ. މި ގޮތުން ދާއިރާ ކަނޑައަޅާފައި ނުވާނަމަ ޖޮބް ރެސްޕޮންސިބިލިޓީ ރިކުއެސްޓެއް 'ވިއުގަ'އިގެ ތެރޭން އެ އިދާރާއަކުން ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވަންޖެހޭނެއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ގެނައި މިބަދަލާއެކު މިހާރު ސިވިލް ސަރވިސްގެ ވަޒީފާތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، ވަޒީފާތަކުގެ ތައުލީމީ ރޮނގުތައް ކަނޑައެޅުމުގައި ހުރި ތަފާތުތައް ނައްތާލެވި ހުރިހާ އިދާރާއަކުންވެސް ސިވިލް ސަރވިސްގެ ވަޒީފާތަކުގެ ކަންކަން ހަމަޖެއްސުމުގައި އެއް ހަމައަކުން އަމަލުކުރެވެމުންދާނެއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026