23 މެއި 2018
މިނިސްޓްރީ އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ޔޫސުފް ރިޒާ 22 މެއި 2018ގައި ހަމަޖައްސަވައިފިއެވެ. ޔޫސުފް ރިޒާ ޕަރަމަންޓް ސެކްރެޓަރީގެ މަގާމަށް މި ހަމަޖެއްސެވީ 5 އަހަރުގެ ތިންވަނަ ޓާމަށެވެ. ޔޫސުފް ރިޒާ ކުރިން ވަނީ އެ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުގައި 5 އަހަރުގެ 2 ޓާމު ފުރިހަމަ ކުރައްވާފައެވެ.
ޔޫސުފްރިޒާ ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1991 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ފަހުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމާއި ހަވާލުވެ ވަޑައިގެންނެވުމާ ހަމައަށް މިނިސްޓްރީ އޮފް ޓުއަރިޒަމްއާއި ލެބަރ އެންޑް ޓްރޭޑް މިނިސްޓްރީގެ އެކިއެކި ފަންތީގެ މަޤާމުތައް ފުރުއްވާފައިވެއެވެ.
ޔޫސުފް ރިޒާ މާސްްޓަރސް ޑިގްރީ އަދި ގްރޭޖްއޭޓް ޑިޕްލޮމާ ހާޞިލްކުރައްވާފައި ވަނީ ޓުއަރިޒަމްގެ ދާއިރާއިން ޔުނިވަސިޓީ އޮފް އޮޓާގޯ އިންނެވެ. މީގެ އިތުރުން ފްލިންޑަރސް ޔުނިވަސިޓީ އޮފް ސައުތު އޮސްޓްރޭލިޔާއިން ބެޗްލަރ އޮފް އިނިކޮމިކްސް ހާޞިލްކުރައްވާފައި ވެއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026