15 މެއި 2018
ސްރިލަންކަން އިންޓިޓިއުޓް އޮފް ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަން (ސްލައިޑާ) ހިންގެވުމާ ހަވާލުވެ ހުންނެވި ޑިރެކްޓަރ ޖެނެރަލް ވަސަންތާ ޕެރޭރާއާ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ކޮމިޝަނާ ސްލައިޑާއާ ދެމެދު ސޮއިކޮށްފައިވާ ފަހުމުނާމާގެ ދަށުން ދެ މުވައްސަސާގެ ގުޅުން އިތުރަށް ބަދަހިކުރުމާބެހޭގޮތުން މަޝްވަރާކުރެވުނެވެ. މިގޮތުން ކޮމިޝަނުގެ ރައީސް ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކުރުމުގައި ލުއިގޮތްތަކެއް ހަމަޖައްސައިދެއްވުމަށް އެދިވަޑައިގަތުމާއި، ސްލައިޑާގެ ތަމްރީނުތަކުގައި ބޭނުންކުރާ މެޓީރިއަލް ހިއްސާކުރުމާއި ލެކްޗަރާއިން ދެފަރާތުގެ މެދުގައި ބަދަލުކުރުމާއި ތަމްރީނު ޕްރޮގްރާމުތައް ހިންގެވުން ހިމެނެއެވެ. މި ބައްދަލުވުމުގައި ސްލައިޑާގެ ޑިރެކްޓަރ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި މަސައްކަތު ބައްދަލުވުންތަކާއި ތަމްރީނު ޕްރޮގްރާމުތައް ބޭއްވުމަށް ސްލައިޑާގެ ލެކްޗަރާއިން ފޮނުވައިދެއްވާނެކަމަށާއި އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގައި ސްލައިޑާގެ ޤަބޫލުކުރާ ސެކްފިކެޓް ލެވެލްގެ ތަމްރީނުތައް ހިންގޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026