ބައެއް ދިވެހިންނަށް ދިވެހިބަސް މިހާރު އެނގޭކަމާމެދު ބަހުގެ އުސްތާޒެއްކަމުގައިވާ ޑރ. އަޝްރަފު ޢަބުދުއްރަޙީމް ސުވާލު އުފައްދަވައިފި.

06 މެއި 2018



ބައެއް ދިވެހިންނަށް ދިވެހިބަސް މިހާރު އެނގޭކަމާމެދު ބަހުގެ އުސްތާޒެއްކަމުގައިވާ ޑރ. އަޝްރަފު ޢަބުދުއްރަޙީމް ސުވާލު އުފައްދަވައިފިއެވެ. ޑރ އަޝްރަފް މިކަމާމެދު ސުވާލު އުފެއްދެވީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ސިލްސިލާކޮށް ކުރިޔަށްގެންދާ ޕަބްލިކް ލެކްޗަރ ސިރީސްގެ ތެރޭން މިއަދު ބޭއްވި ލެކްޗަރ އެއް ގައެވެ. ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމުގައި މިއަދު ޑރ. އަޝްރަފް ޢަބުދުއްރަޙީމް ތަޤްރީރު ކުރެއްވީ " ދިވެހިބަސް އެނގޭތަ؟" މި މައުލޫއަށެވެ. އަޝްރަފް ވިދާޅުވީ ދިވެހި ބަހުގައި އެއްކަމަކަށް ބޭނުންކުރެވޭނެ އެތައްލަފްޒެއް ހުރި ނަމަވެސް މިހާރު ފެންނަނީ މުޅިން ނުގުޅޭ ކަންކަމުގައި ވެސް  އެންމެ ލަފްޒެއް ނުވަތަ ދެ ލަފްޒެއް ބޭނުންކުރަމުންދާތަން ކަމަށެވެ. މީގެ މިސާލެއްގެ ގޮތުން "ސަޅި" މި ބަހަކީ މިހާރު 'އަތްމަތީ ލަފުޒަކަށްވެ' ހުރިހާ ދަނޑިވަޅަކަށް ވެސް ބޭނުންކުރަން ހެޔޮވަރު ލަފުޒަކަށް ވެފައިވާކަން އަޝްރަފުގެ ތަޤްރީރުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެހެން ބައެއް ބަސްތަކުގެ ލަފްޒުތަކާ މަސްހުނިކޮށް ވާހަކަދެއްކުން ދިވެހިންގެ ތެރޭގައި މިހާރު އާންމުވެފައިވާކަން ފާހަގަކުރައްވާ އެފަދަ ބައެއް މިސާލުތައް ވެސް އަޝްރަފު ދެއްކެވިއެވެ. އަދި ހުރިހާ ކަންކަމަށް އިޝާރާތްކުރައްވާ ދިވެހިންގެ ގިނަ ބަޔަކަށް މިހާރު ދިވެހިބަސް އެނގޭކަމާމެދު އަޝްރަފު ސުވާލު އުފެއްދެވިއެވެ.

ދިވެހި ބަހުގައި ސިފަކުރުމަށް ބޭނުންކުރެވޭ ބަސްކޮށާރުގެ މުއްސަނދިކަމާއި އަދި ދިވެހި ލިއުންތެރިންނާއި ބައެއް ޅެންވެރިން ސިފަކުރުން ގެނެސްފައި ހުންނަ ފުރިހަމަކަމުގެ މައްޗަށް ވެސް ޑރ. އަޝްރަފުގެ ތަޤްރީރުގައި އަލިއަޅުވާލެއްވިއެވެ. މިގޮތުން ބައެއް ރާއްޖޭގެ މަޝްހޫރު ބައެއް ލިއުންތެރިންގެ ލިއުންވުންތަކުންނާއި ޅެންވެރިންގެ ޅެންބައިތުތަކުން މިސާލު ނަންނަވައި އެބޭބޭފުޅުން، އެކިއެކި ކަންކަންކަމާއި ތަންތަން އަދި މީސްމީހުން ސިފަކުރެއްވުމުގައި އެ ބޭނުންކުރައްވާފައިވާ ބަސްކޮށާރުތަކާއި ލަފްޒުތައް ތަރުތީބުކުރައްވައި ގެނެސްދެއްފައިވާ ފުރިހަމަގޮތްތަކުގެ މިސާލުތައް ދެއްކެވިއެވެ.

ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް