01 މެއި 2018
ސިވިލް ސަރވިސް އަށް 10 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުގެ ހަރަކާތްތައް ކ. ހިންމަފުށީގައި ފަށައިފިއެވެ. ސިވިލް ސަރވިސްއަށް 10 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމުގެ ހަރަކާތްތައް ފަށާފައި ވަނީ ހިންމަފުށީފައި ޖަމާޢަތުގައި ކުރެވުނު ފަތިސް ނަމާދުންނެވެ. އެއަށް ފަހު މިއަދު ހެނދުނު ވަނީ ގަސް އިންދުމުގެ ހަރަކާތެއް ބާއްވާފައެވެ. މިހަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ ހިންމަފުށީ ހިއްކިބިން ސަރަހައްދުގައެވެ. އެއަށްފަހު ދެން ކުރިޔަށް ގެންގޮސްފައި ވަނީ އެކުވެރި ކަމުގެ ފުޓްބޯޅަ މެޗްތަކެކެވެ. މި މެޗްތަކުގެ ތެރޭން އަންހެން ޓީމުތައް ބައްދަލުކުރި މެޗް ކާމިޔާބުކުރީ ސިވިލް ސަރވިސް ކޮމިޝަނުގެ އަންހެން ކަނބަލުން ހިމެނޭ ޓީމެވެ. ފިރެހެން ޓީމުގެ މެޗްގައި ސިވިލް ސަރވިސް ކޮމިޝަނުގެ ޓީމާ ހިންމަފުށީގެ ޓީމު ބައްދަލުކުރި މެޗް ކާމިޔާބު ކުރީ ހިންމަފުށީގެ ޓީމެވެ. މީގެ އިތުުރުން ދެން މިއަދު ކުރިޔަށް ދިޔައީ ވާދެމުމެވެ. ވާދެމުމުން ހިންމަފުށީ ޓީމާއި ސިވިލް ސަރވިސްގެ އަންހެން ކަނބަލުންގެ ޓީމު ބައްދަލުކޮށް ކާމިޔާބުކުރީ ހިންމަފުށީ އަންހެން ކަނބަލުންގެ ޓީމެވެ. ވާދެމުމުން ސިވިލް ސަރވިސް ކޮމިޝަނުގެ ފިރިހެން މުވައްޒަފުންގެ ޓީމާއި ހިންމަފުށީގެ ޓީމު ބައްދަލުކޮށް ކާމިޔާބުކުރީ ހިންމަފުށީގެ ޓީމެވެ. މިހަރަކާތްތަކުގެ އިތުރުން ސިވިލް ސަރވިސްގެ ޤަވާޢިދާ ބެހޭގޮތުން ހޭލުންތެރި ކުރުމުގެ ގޮތުން ބާއްވާ ކުުއިޒު މުބްރާތެއް މިއަދު މެންދުރުފަހު ހިންމަފުށީގެ 4 މުވައްޞަސާގެ މެދުގައި ކުރިޔަށްދާނެއެވެ. އަދި އަހަރީ ދުވަހުގެ ހަރަކާތްތަކުގެ އެންމެ ފަހު އައިޓަމެއްގެ ގޮތުގައި މިރޭ ހިންމަފުށީގައި ޑިނަރ ނައިޓެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026