ސިވިލް ސަރވިސްއަށް 10 އަހަރުފުރޭ މުނާޞަބާ ފާހަގަކުރުމަށް ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޓެލެންޓް ޝޯވ ބާއްވައިފި
30 އޭޕްރީލް 2018
ސިވިލް ސަރވިސްއަށް 10 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމާއި ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމަށް ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ކުރިޔަށްގެންދިޔަ ޓެލެންޓް ޝޯއެއް 30 އެޕްރީލް 2018 ވަނަ ދުވަހުގެ ރޭ ކ. ހިންމަފުށީގައި ވަނީ ބާއްވާފައެވެ. މި ހަރާކާތް ފައްޓަވައިދެއްވައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ދެއްކެވި ވާހަކަފުޅުގައި އަތޮޅުތަކާއި މާލޭގައި ހުރި އިދާރާތައް ގުޅިގެން މިފަދަ ހަރަކާތެއް ބޭއްވުނީތީ އެކަން ފާހަގަކުރައްވާ މިކަމުގައި ޙަރަކާތްތެރިވި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ސިވިލް ސަރވިސްއަށް ދިހަ އަހަރު ފުރޭ މުނާޞަބާއަށް އިޝާރާތްކުރައްވާ ވާހަކަ ދައްކަވަމުން މި ވޭތުވެދިޔަ އަހަރުތަކުގައި ސިވިލް ސަރވިސްއަށް ގިނަ ގުނަ ކުރިއެރުންތަކާއި ތަރައްޤީ ގެނެވިފައިވާކަން ފާހަގަކުރައްވާ މި ކަންކަމުގައި ސަރުކާރުން ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވާ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ. މާލެއާ އަތޮޅުތެރޭގެ އިދާރާތައް ގުޅިގެން ބޭއްވި މި ޓެލެންޓް ޝޯގައި އައިޖީއެމްއެޗާއި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީގެ ޓީމުން ހުށަހަޅައިދިން އިބްރާތްތެރި ތަމްސީލުތަކުގެ އިތުރުން ހިންމަފުށީގެ އެކި އިދާރާތަކުންވެސް އައިޓަމްތައް ހުށަހަޅައިދީފައި ވެއެވެ. މީގެ އިތުރުން އެންސީއޭގެ ބޭންޑުގެ ހުށަހެޅުންތައް ވެސް މި ޓެލެންޓް ޝޯގައި ފެނިގެންގޮސްފައި ވެއެވެ.
ސިވިލް ސަރވިސްގެ 10 ވަނަ އަހަރީ ދުވަހުގެ މުނާޞަބާއާ ގުޅިގެން ބާއްވާ ހަރަކާތްތައް ވެސް މިއަހަރު ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ކ. ހިންމަފުށީގައެވެ. ސިވިލް ސަރވިސްގެ އަހަރީ ދުވަސްކަމުގައިވާ 1 މޭ ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް ފެށިގެންދާނީ ދުވަހުގެ ފަތިސްނަމާދުންނެވެ. އެއަށްފަހު ހެނދުނު ގަސް އިންދުމުގެ ހަރަކާތަކާއި، އެކުވެރިކަމުގެ ފުޓްބޯޅަ މެޗްތަކަކާއި ސިވިލް ސަރވިސްގެ ޤަވާޢިދަށް އަހުލުވެރިކުރުވުމުގެ ގޮތުން ބާއްވާ ކުއިޒް މުބާރާތެއްގެ އިތުރުން ޑިނައިޓެއް ބޭއްވުން މިދުވަހުގެ ހަރާކާތްތަކުގެ ތެރޭގައި ހިމެނެއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026