29 އޭޕްރީލް 2018
ޓެކްސްއަށް ހޭލުންތެރިކުރުމުގެ ޚާއްޞަ ސެޝަނެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާއިން ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންނަށް ބާއްވަވައިފިއެވެ. މިއަދު ސިވިލް ސަރވިސް ކޮމިޝަނުގެ ޓްރެއިނިންގ ރޫމުގައި ކުރިޔަށްގެންދިޔަ މި ސެޝަން ނަންގަވައިދެއްވީ މީރާގެ ޓެކްސް އެކަޑަމީގެ މުވައްޒަފެކެވެ. މި ސެޝަންގައި ރާއްޖޭގައި އާންމުކޮށް ނަގާ ޓެކްސްތައްކަމުގައިވާ ޖީއެސްޓީއާ ބިޒްނަސް ޕްރޮފިޓް ޓެކްސްފަދަ ތަފާތު ވައްތަރުގެ ޓެކްސްތަކާބެހޭ މަޢުލޫމާތު މުވައްޒަފުންނަށް މީރާގެ ފަރާތުން ދެއްވިއެވެ. މީގެ އިތުރުން މީރާގެ މަސައްކަތްތަކާއި ޖުމްލަކޮށް ޓެކްސްނިޒާމުގެ އެކިކަންކަމާގުޅޭގޮތުން މުވައްޒަފުން ކުރި ސުވާލުތަކަށް ޖަވާބުދިނުން ވެސް މި ސެޝަންގައި ކުރިޔަށްދިޔައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026