22 އޭޕްރީލް 2018
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޕާކިސްތާނުން ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމާގުޅޭގޮތުން ކޮމިޝަނުން ޕާކިސްތާނު ސަފީރާ މަޝްވަރާކުރައްވައިފިއެވެ. ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމާއި ކޮމިޝަނުގެ މެންބަރު ފާޠިމަތު ރީނީ ޢައްބުދުއްސައްތާރާއި ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ޒުހުރީގެ އިތުރުން ކޮމިޝަނުގެ އެޗްއާރު ހެޑް ފާޠިމަތު މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ޕާކިސްތާނުގެ މުވައްޒަފުން ތަމްރީނު ކުރާ ބައެއް މަރުކަޒުތަކާއެކު މިހާރުވެސް ވެފައިވާ އެއްބަސްވުންތަކުގެ އިތުރުން އިތުރު ފަރާތްތަކާއެކު އެއްބަސްވުންތައް އެކުލަވާލުމަށް މަޝްވަރާކުރެއްވިއެވެ. މީގެ އިތުުރުން ޕާކިސްތާނުން ތަމްރީނާއި ތަޖްރިބާގެ ފުރުޞަތުތައް އިތުުރުކުރެއްވުމާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވުނެވެ. މި ބައްދަލުވުމުގައި ޕާކިސްތާނުގެ ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް ވަސީމް އަކްރަމް ދެއްކެވި ވާހަކަފުޅުގައި ޕާކިސްތާނު އެއްބަސީން ރާއްޖޭގެ ސިވިލް ސަރވިސްއަށް ބޭނުންވާ ދާއިރާތަކުން އެެހީތެރިކަން ހޯދުމަށް އެމްބަސީން މަސައްކަތްކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.
ފަހުގެ ޚަބަރުތައް
"ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2026" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާއެކު ސިވިލް ސަރވިސް ކޮމިޝަނުން ފަހުމުނާމާއެއްގައި ސޮއި ކުރައްވައިފި
08 ޖަނަވަރީ 2026
ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2026
09 ޑިސެމްބަރ 2025
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025
ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025