15 އޭޕްރީލް 2018
ސިވިލް ސަރވިސް 3 ވަނަ ކޮންފަރެންސްގެ 2ވަނަ ދުވަހު ޖުމްލަ ތިން ކަރުދާހެއް ހުށަހަޅައިފިއެވެ. ދިވެހި ސިވިލް ސަރވިސް 3ވަނަ ކޮންފަރެންސްގެ ދެވަނަ ދުވަހު ފުރަތަމަ އައިޓަމަކަށް އޮތީ "ޑިސްރަޕްޓިވް އިނޮވޭޝަން އިން ޕަބްލިކް ސެކްޓަރ"ގެ ނަމުގައި ކޮންސެޕްޓް ކަރުދާހެއް ހުށަހެޅުމެވެ. މި ކަރުދާހަކީ ޔުނިވަރސިޓީ ޓެކްނޮލޮޖީ މެލޭޝިޔާގެ ޕީއެޗްޑީ ތިންބޭފުޅަކު ތައްޔާރުކުރައްވާފައިވާ ކޮންސެޕްޓް ޕޭޕަރެކެވެ. އެ ހުށަހެޅުމަށްފަހު ދެން ކުރިޔަށްދިޔައީ މުޙައްމަދު ސޮފްވާން އަޙުމަދު އާދިލް ހުށަހެޅުއްވި "ސޯލްވިން ދަ ޑިސްޕާރިޓީ އޮފް އައިލެންޑްސް؛ އަ ސްމާޓް ސިޓީ އެޕްރޯޗް ޓުވާޑްސް ދަ މޯލްޑް" މި ކަރުދާސް ހުށަހެޅުއްވުމެވެ. ކޮންފަރެންސްގެ އެންމެ ފަހު ކަރުދާހެއްގެ ގޮތުގައި ހުށަހެޅުއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ހުށަހެޅި، ދިވެހި ސިވިލް ސަރވިސް އާމެދު ޚިދުމަތް ހޯދާ ފަރާތްތަކުން ދެކޭގޮތް އަދި ކުރިއެރުމަށް އެދޭގޮތް ދެނެގަތުމުގެ ސާވޭ ކަރުދާހެވެ. މި ސާރވޭއަކީ ސިވިލް ސަރވިސްގެ ޚިދުމަތާމެދު އެ ޚިދުމަތް ހޯދާ އާންމު ފަރާތްތަކުން ދެކޭގޮތް ހޯދުމަށް ކޮމިޝަނުން އިންތިޒާމުކޮށްގެން މިގޮތަށް ކުރިޔަށްގެންދެވި މިފަދަ ފުރަތަމަ ސާވޭއެވެ. މި އައިޓަމަށްފަހު ދެން ކުރިޔަށްގެންދަވާފައި ވަނީ ސިވިލް ސަރވިސްގެ ކުރިޔަށް އޮތް 10 އަހަރުގެ ތަސައްވުރާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ވޯކިން ޗސެޝަނެކެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026