15 އޭޕްރީލް 2018
ސިވިލް ސަރވިސް ކޮންފަރެސްގެ ފުރަތަމަ ދުވަހު ޖުމްލަ ފަސް ކަރުދާހެއް ހުށަހަޅައިފިއެވެ. ސިވިލް ސަރވިސްގެ 3ވަނަ ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތަށްފަހު ފުރަތަމަ ކުރިޔަށް ދިޔައީ ކީނޯޓް ސްޕީކަރ އެއް ކަމުގައިވާ މެލޭޝިޔާގެ ޕްރައިމިނިސްޓަރ ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޑރ. ސުހާޒިމަތު ބިންތި ޒަޒާލީގެ ވާހަކަފުޅު ދެއްކެވުމެވެ. ޑރ. ސުހާޒިމަތު ބިންތި ޒަޒާލީގެ ވާހަކަފުޅު މައިގަނޑުގޮތެއްގައި ބިނާކުރެއްވީ ޑިޖިޓަލް ޑޭޓާ ޓްރާންސްފޯމޭޝަން އަދި ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމާ ބެހޭގޮތުންނެވެ.
ކޮންފަރެންސްގެ ފުރަތަމަ ކަރުދާހެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ އިންދްރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ފަރާތުން ހުށަހެޅި ކަރުދާހެވެ. މި ކަރުދާހަކީ ބިނާކުރައްވާފައި ވަނީ އައިޖީއެމްއެޗް އޮގަނައިޒޭޝަނަލް ރިފޯމް އެންޑް އިންޕްލިކޭޝަން ޕްރޮޖެކްޓެވެ. ދެވަނަ ކަރުދާހެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ އިންފޮމޭޝަން ކޮމިޝަނުގެ ފަރާތުން ހުށަހެޅި ކަރުދާހެވެ. މި ކަރުދާސް ބިނާކުރައްވާފައި ވަނީ ޚިދުމަތްތައް ކުރިއަރުވައި ޒަމާނީ ކުރުމަށްޓަކައި މަޢުލޫމާތު ބަލަހައްޓައި ހާމަކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. ކޮންފަރެންސްގައި ތިންވަނަ އަށް ހުށަހަޅާފައި ވަނީ އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ ހުށަހެޅުމެވެ. ވަސީމާ އަހުމަދު ހުށަހަޅުއްވާފައިވާ މި ކަރުދާހުގެ މައުލޫއަކީ "އެކްސަލަރޭޓިން އޮގަނައިޒޭޝަނަލް ޕަރޕޯމަންސް ބައި އެޑޮޕްޓިން ބެލެންސް ސްކޯ ކާރޑް މެތަޑް އިންޓު ދަ ޕަރފޯމަންސް މޮނިޓަރިން މެކޭނިޒަމް އޮފް މޯލްޑިވްސް ސިވިލް ސަރވިސް" މި މައުލޫއަށެވެ. ހަތަރުވަނަ އަށް ހުށަހަޅާފައި ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ހުށަހެޅި ކަރުދާސް" ލޯކަލް ކައުންސިލް ޕަރފޯމަންސް އިންޑެކްސް" މި ކަރުދާހެވެ. މިކަރުދާހަށްފަހު ދެން ކަރުދާސް ހުށަހެޅުއްވީ އާމިނަތު އައްބާސް އާއި މަހާސިން އަޙުމަދު ދީދީއެވެ. މި ކަރުދާހަކީ " ކޮންޕަރޭޓިވް ސްޓަޑީ އޮފް އޮގަނައިޒޭޝަނަލް ކަލްޗަރ އިން ޕަބްލިކް ސެކްޓަރ އޮގަނައިޒޭޝަންސް ޔޫސިންގ ކޮމްޕީޓިންގ ވެލިއުސް ފްރޭމްވޯކް" މި މައުލޫގެ މައްޗަށް ހުށަހަޅާފައިވާ ކަރުދާހެކެވެ. ކޮންފަރެންސްގެ ފުރަތަމަ ދުވަހުގެ އެންމެފަހު ކަރުދާހެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ހުށަހެޅި ކަރުދާހެވެ. މި ކަރުދާސް ހުށަހެޅުއްވީ އައިޝަތު މަނާލް ޚާލިދު އަދި އިކްލީލާ އިސްމާއިލްއެވެ. މި ދެބޭފުޅުން ހުށަހެޅުއްވި ކަރުދާހުގެ މައުލޫއަކީ "ލިންކޭޖަސް އޮފް އެޑްމިނިސްޓްރޭޓިވް ނެގްލިޖަންސް އިން ރެކްރޫޓްމަންޓް އެންޑް ކޮރަޕްޝަން ރިސްކްސް" މި މައުލޫއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026