01 ޖަނަވަރީ 2018
ސިވިލް ސަރވިސް ކަޕް ބެޑްމިންޓަން މުބާރާތް 2017 ޗެންޕިއަންކަން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޓީމު ހޯދައިފިއެވެ.ސިވިލް ސަރވިސް ކޮމިޝަނުން އިންތިޒާމުކޮށްގެން ޑިސެންބަރު 29 އަދި 30 ވަނަ ދުވަހު ކުޅިވަރު އެކުވެނީ އިންޑޯ ކޯޓްގައި ކުރިޔަށްގެންދިޔަ މި މުބާރާތުގެ ޗެންޕިއަންކަން މިނިސްޓްރީ އޮފް ހައުންސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޓީމުން ހޯދާފައި ވަނީ މުބާރާތުގެ ފައިނަލްގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީގެ ޓީމާ ވާދަކޮށް ކުރިހޯދައިގެންނެވެ. މުބާރާތް ނިންމުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި މުބާރާތުގެ ޗެންޕިއަންކަން ހޯދިޓީމާއި މުބާރާތުގެ ދެވަނަ ހާޞިލްކުރި ޓީމަށް ތައްޓާއި ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ. މުބާރާތުގެ ތިންވަނަ ހޯދާފައި ވަނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޓީމާއި މިނިސްޓްރީ އޮފް ހެލްތުގެ ޓީމެވެ.ިއަހަރުގެ މުބާރާތުގައި ސިވިލް ސަރވިސްގެ އެކި އިދާރާތަކުން 14 ޓީމު ބައިވެފައިވެއެވެ.
ސިވިލް ސަރވިސް ކަޕް ބެޑްމިންޓަން މުބާރާތަކީ ދިވެހި ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް މުވައްޒަފުންގެ މެދުގައި އިޖުތިމާއީ ރޫހު އާލާކުރުމުގެ މަޤްޞަދުގައި ސިވިލް ސަރވިސް ކޮމިޝަނުން އިސްނަގައިގެން ބެޑްމިންޓަން އެސޯސިއޭޝަނުގެ އެހީތެރިކަމާއެކު ކުރިޔަށްގެންދިޔަ މުބާރާތެކެވެ. ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުންނަށް ވާދަކުރެވޭގޮތަށް ކުރިޔަށްގެންދާ މި މުބާރާތް ބާއްވާ މިއީ ހަތަރުވަނަ ފަހަރެވެ. މި ފަހަރުގެ މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ ދިރާގުންނެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026