15 ޖަނަވަރީ 2018
ނަޒާހަތްތެރިކަމާބެހޭ ޤައުމީ މަހާސިންތާގައި ސިވިލް ސަރވިސް ކޮމިޝަނުން ހުށަހަޅާފައިވާ ދިރާސީ ކަރުދާހަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ސިވިލް ސަރވިސް ކޮމިޝަނާއެކު އެންޓިކޮރަޕްޝަން ކޮމިޝަނުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. 15 ޖަނަވަރީ 2018 ވަނަ ދުވަހު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވި މިބައްދަލުވުމުގައި ސީ.އެސް.ސީ ގެ ރައީސް ޑރ. އަލީ ޝަމީމްއާއި އޭސީސީގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއާ ދެ އިދާރާގެ މެމްބަރުންނާއި އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންވަނީ މަޝްވަރާ ކުރައްވާފައެވެ.
ކޮމިޝަންގެ ހުދު ކަރުދާސް އަމާޒުކުރެވިފައިވަނީ ސިވިލް ސަރވިސް ކޮމިޝަނުން 2017 ވަނަ އަހަރު އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާގައި ހުށަހެޅި ދިރާސާ ކަރުދާސް އަދި އޭސީސީން 2014 ވަނަ އަހަރު ހިންގި ‘ސިވިލް ސަރވިސްގެ މުވައްޒަފުން ކޮރަޕްޝަނާމެދު ދެކޭގޮތުގެ ދިރާސާ’ ގެ ކޮމްޕަރޭޓިވް އެނާލިސިސްއިން، ފާހަގަކުރެވުނު އިދާރީ، ހިންގުމުގެ ނިޒާމް އަދި ރެގިއުލޭޓަރީ މައްސަލަތައް އިސްލާޙްކޮށް ހަރުދަނާ ކުރުމާގުޅޭގޮތުން އަލިއަޅުވާލާ ތައްޔާރުކޮށްފައިވާ ހުދުކަރުދާހުގައިވާ ހޯދުންތަކުގެ މައްޗަށެވެ.
ސިވިލް ސަރވިސްގައި ހުރި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމަކީ އޭގެ ޒާތުގައި ކުދި މައްސަލަތައް ކަމުގައިވީނަމަވެސް، މި ފަދަކަންކަން ދެނެގަނެ އެކަންކަން ތަކުރާރުވުން ހުއްޓުވައި އަދި ޙައްލުކުރުމަށްޓަކައި ދެ އިދާރާ ގުޅިގެން ޓެކްނިކަލް ކޮމިޓީއެއް އުފައްދައިގެން މަސައްކަތްކުރުމަށް ބައްދަލުވުމުގައި ނިންމާފައިވެއެވެ. މީގެ އިތުރުންވެސް، އޭސީސީއިން ހުށަހަޅާފައިވާ ގޮތަށް މުވައްޒަފުން ހޭލުންތެރިކުރުމުގައި ޚަރަދުކުޑަކުރުމުގެ މަޤްޞަދުގައި އޮންލައިންކޮށް ތަމްރީނު ދެވޭނެ ގޮތްތައް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާކަން ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ. އަދި ކޮމިޝަނުން ސިވިލް ސަރވިސްގެ ވަޒީފާއަށް ވަންނަ ފަރާތްތަކަށް ދޭ އެންޓްރަންސް ޓެސްޓުގައި ނަޒާހަތްތެރިކަމުގެ ބައި އިތުރުކުރުމަށްވެސް މަޝްވަރާކުރެވުނެވެ. ހަމައެއާއެކު، ނަޒާހަތްތެރިކަން ކުރިއެރުވުމަށް ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026