31 ޖަނަވަރީ 2018
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ 2018 ވަނަ އަހަރުގެ ކޯސްތައް ފެށުމުގެ ރަސްމިއްޔާތު މިއަދު (31 ޖަނަވަރީ 2018) ވީ ބުދަ ދުވަހު ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައި ބާއްވައިފިއެވެ. 2018 ވަނަ އަހަރުގެ ފުރަތަމަ އިންޓޭކްގައި ދިގު މުއްދަތުގެ 3 ކޯސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޑިޕްލޮމާއިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ކޯހާއި، ސެޓްފިކެޓް 3 އިން އެކައުންޓިންގ އެންޑް ފައިނޭންޝިއަލް އެޑްމިނިސްޓްރޭޝަންގެ އިތުރުން ޕްރީ-ޑިޕްލޮމާ ޕްރޮގްރާމެކެވެ. މި 3 ކޯހުން ޖުމްލަ 70 އަށްވުރެ ގިނަ ފަރާތެއް ތަމްރީނު ކުރެވިގެންދާނެއެވެ.
ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ކޯހަކީ ސިވިލް ސަރވިސްގެ އިސް ފަންތީގައި ގައި ދިގުމުއްދަތަށް ޚިދުމަތްކުރައްވަމުން ގެންދަވާ މުވައްޒަފުންގެ ހިންގުމުގެ ހުނަރު ތަރައްޤީކޮށް ޒަމާނީ ޤާބިލްކަން މަސައްކަތުގެ މާޙައުލަށް ގެނައުމުގެ މަޤްޞަދުގައި ހިންގޭ ކޯހެކެވެ. މި ކޯސް ތައްޔާރު ކޮށްދީފައިވަނީ ސިންގަޕޫރުގެ މެނޭޖްމަންޓް ޑިވެލޮޕްމަންޓް އިންސްޓިޓިއުޓްއިންނެވެ.
ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން އަކީ ފައިނޭނެސް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތު ހުނަރު އިތުރުކުރުމުގެ މަގްސަދުގައި، ފައިނޭންސް ނުވަތަ ބަޖެޓްގެ މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަކުރެވިގެން ކުރިއަށް ގެންދެވޭ ކޯހެކެވެ. މިއަހަރު މިކޯސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ސީއެސްޓީއައި އަދި އޮޑިޓަރ ޖެނެރަލް އޮފީހުގެ އިންސްޓިޓިއުޓް އޮފް އޮޑިޓް އެންޑް އެޝުއަރަންސްއާއި ގުޅިގެންނެވެ.
ޕްރީ-ޑިޕްލޮމާ ކޯހަކީ 16 ހަފްތާގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ކޯހަށް މުވައްޒަފުން ތައްޔާރުކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.
މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ މި ކޯސްތަކުގެ އިތުރުން ދިގު މުއްދަތުގެ އިތުރު ކޯސްތަކާއި ކުރު މުއްދަތުގެ ގިނަ ތަމްރީނު ޕްރޮގްރާމްތައް މާލެއާއި އަތޮޅުތަކުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ފަހުގެ ޚަބަރުތައް
"ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2026" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާއެކު ސިވިލް ސަރވިސް ކޮމިޝަނުން ފަހުމުނާމާއެއްގައި ސޮއި ކުރައްވައިފި
08 ޖަނަވަރީ 2026
ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2026
09 ޑިސެމްބަރ 2025
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025
ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025