ކެންސަރ ސޮސައިޓީން ކޮމިޝަނާއެކު މަޝްވަރާކުރައްވައިފިއެވެ. މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ކެންސަރ ސޮސައިޓީން އިސްނަގައިގެން މިއަހަރުގެ ކެންސަރު ބަލީގެ ދުވަސް ފާހަގަކުރުމަށް މިމަހުގެ 3 ވާ ހޮނިހިރު ދުވަހު ރަސްރަނި ބަގީޗާގައި ބާއްވާ ހަރަކާތުގައި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ބައިވެރިވުން ހޯދުމާއި، ކެންސަރު ބައްޔަށް ހޭލުންތެރިކުރުވުމަށް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ހިންގުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ކެންސަރުބަލީގައި އުޅެމުންދާ ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާ އަދާކުރުމުގައި ލުއިގޮތްތަކެއް ހަމަޖައްސައިދިނުމާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
ދުނިޔޭގެ ކެންސަރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހަކީ ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 4 ވަނަ ދުވަހެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026