ސިވިލް ސަރވިސް ކޮމިޝަނުގެ ވަފުދުން "ގްލޯބަލް ޑައިލޮގް ފޮރ ހެޕިނެސް ސަމިޓް" ގައި ބައިވެރިވެ ވަޑައިގެންފި

10 ފެބްރުއަރީ 2018



ސިވިލް ސަރވިސް ކޮމިޝަނުގެ ވަފުދުން  "ގްލޯބަލް ޑައިލޮގް ފޮރ ހެޕިނެސް ސަމިޓް" ގައި ބައިވެރިވެ ވަޑައިގެންފިއެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބުރައިސް ޝަހީދު މުޙައްމަދާއި ކޮމިޝަނުގެ މެންބަރު އިބްރާހިމް ޝަހީގު ބައިވެވެ ވަޑައިގެންނެވި މި ސަމިޓް އޮތީ  އެކުވެރި އަރަބި އިމާރާތުގެ ދުބާއީގައެވެ.

މި ސަމިޓްގައި ހިމެނުނު މުހިންމު ކަންތައްތަކުގެ ތެރޭގައި ކުރިއަށްއޮތް ޖީލުތަކުގެ ސަރުކާރުތަކަށް އާއީޖާދުތަކާ ޓެކްނޮލޮޖީގެ އެހީގައި މުޅި އިންސާނިއްޔަތަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރޭވެނެ ގޮތްތައް ހޯދުމާއި ބައިނަލްއަޤުވާމީ ގޮތުން އުފާވެރިކަން ގެނުވާނެ ކަންތައްތަކުގެ މައްޗަށް މަޝްވަރާ ކޮށްފައިވެއެވެ.

މި އަހަރުގެ ގްލޯބަލް ޑައިލޮގް ފޮރ ހެޕިނެސް ސަމިޓްގައި ތައުލީމީ ދާއިރާއާއި، އާއިޖާދުތަކާއި، ޓެކްނޮލޮޖީއާއި، އިޤްތިޞާދީ ދާއިރާއާއި، ދެމެހެއްޓެނެވި ތަރައްޤީއާއި ގްލޯބަލް ހެޕިނެސްއާއި ގުޅުންހުރި މައުޟޫތަކަށް މަޝްވަރާކޮށް މައުލޫމާތު ބަދަލުކޮށްފައިވެއެވެ.

ދިވެހި ސިވިލް ސަރވިސް ކޮމިޝަނުގެ ވަފުދުގެ އިތުރުން ރާއްޖޭގެ ނައިބުރައީސް ޢަބުދުﷲަ ޖިހާދާއި ސަރުކާރުގެ  ބައެއް އިސް އޮފިޝަލުންވެސް ރާއްޖޭގެ ފަރާތުން މި ސަމިޓްގައި  ބައިވެރިވެވަޑައިގަންނަވައެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް