ކޮމިޝަނުގެ ރައީސް ޔޫތް ޗެލެންޖަށް ރިޔާރަތްކުރައްވައިފި

11 ފެބްރުއަރީ 2018



ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދި މަތީ ތަޢުލީމާ ހުނަރު ޙާޞިލުކުރުމަށް ލިބެންހުރި ފުރުޞަތުތަކާގުޅޭގޮތުން  އެއްތަނަކުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި މި ފެބްރުވަރީ މަހުގެ  8 އިން 10 އަށް ދަރުބާރުގޭގައި  މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން ކުރިޔަށްގެންދިޔަ " ޔޫތް ޗެލެންޖް 2018" އަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ސިވިލް ސަރވިސްގެ އިދާރާތަކުން އިންތިޒާމުކުރި  ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، ސިވިލް ސަރވިސްގެ

މުވައްޒަފުންނާ ބައްދަލުކުރައްވައި އެ ފަރާތްތަކުން  ކުރައްވާ އަގުހުރި މަސައްކަތްތަކަށް ހިއްވަރުދެއްވައި ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި އެ ސްޓޯލްތަކުން އާންމު ކުރަމުންގެންދިޔަ މަޢުލޫމާތުތައް އޮޅުންފިލުއްވަވައި، އަދި ބައެއް ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކުރިޔަށް އޮތް އަހަރުތަކުގައި ސިވިލް ސަރވިސް ކޮމިޝަނުންނާއި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގެ ފަރާތުން މިފަދަ ހަރަކާތްތަކުގައި ބައިވެރިވާނެކަމަށާއި މިފަދަ ހަރަކާތްތަކުން ޒުވާނުންނާއި އެފަރާތްތަކުގެ ބެލެނިވެރިންނަށް ވަރަށް ބޭނުންތެރި މަޢުލޫމާތެއް ފޯރުކޮށްދޭކަމަށާއި މިކަމުގެ ސަބަބުން ވަޒީފާއެއް ނެތި އުޅޭ ޒުވާނުންނަށް އަގުހުރި ފުރުޞަތުތަކެއް ފަހިވެގެންދާނެކަމުގައި ކޮމިޝަނުގެ ރައީސް ބައްދަލުކުރެއްވި ފަރާތްތަކަށް ވިދާޅުވެފައިވެއެވެ.

ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް