13 ފެބްރުއަރީ 2018
ރާއްޖޭގައި އަލަށް އުފެއްދުމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމުގައިވާ މޯލްޑިވްސް އެސޯސިއޭޝަން ފޯރ އެޗްއާރު ޕްރޮފެޝަނަލްގެ ފަރާތުން ކޮމިޝަނުގެ ރައީސްއާ ބައްދަލުކޮށްފިއެވެ. މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވި މި ބައްދަލުވުމުގައި މޯލްޑިވްސް އެސޯސިއޭޝަން ފޯރ އެޗްއާރު ޕްރޮފެޝަނަލްސްގެ ފައުންޑިން ދެ މެންބަރުކަމަށްވާ އަޙުމަދު އިބްރާހިމް އާއި އަލީ އަދާމް އަދި އެސޯޝިއޭޝަނުގެ އެޑްވައިޒަރެއް ކަމުގައިވާ އަހުމަދު އިރާޝް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމާއި ކޮމިޝަނުގެ އެޗްއާރު ޑިޕާޓްމަންޓް ހިންގެވުމާ ހަވާލުވެ ހުންނެވި ފާޠިމަތު މުޙައްމަދެވެ. މި ބައްދަލުވުމަކީ މި އޮސޯސިއޭޝަންގެ މަސައްކަތްތައް ފެށުމުން ސިވިލް ސަރވިސްއިން ބޭނުންވާ އެއްބާރުލުން ހޯދުމާގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.
ފަހުގެ ޚަބަރުތައް
"ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2026" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާއެކު ސިވިލް ސަރވިސް ކޮމިޝަނުން ފަހުމުނާމާއެއްގައި ސޮއި ކުރައްވައިފި
08 ޖަނަވަރީ 2026
ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2026
09 ޑިސެމްބަރ 2025
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025
ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025