މޯލްޑިވްސް އެސޯސިއޭޝަން ފޯރ އެޗްއާރު ޕްރޮފެޝަނަލް އިފްޠިތާޙްކުރުމުގެ ރަސްމިއްޔާތު ކޮމިޝަނުގެ ރައީސް ޝަރަފުވެރިކޮށްދެއްވައިފި

24 ފެބްރުއަރީ 2018



ރާއްޖޭގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ތަމްޞީލުކުރުމަށް އަލަށް އުފެއްދި ޖަމިއްޔާއެއް ކަމުގައިވާ މޯލްޑިވްސް އެސޯސިއޭޝަން ފޯރ އެޗްއާރު ޕްރޮފެޝަނަލްގެ އިފްޠިތާޙްކުރުމުގެ ރަސްމިއްޔާތު ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ޝަރަފުވެރިކޮށްދެއްވައިފިއެވެ. ސޯލްޓުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ކޮމިޝަނުގެ ރައީސް ވިދާޅުވީ އިންސާނި ވަޞީލަތް ތަރައްޤީކުރުމުގެ ދާއިރާއަކީ ރާއްޖޭގައި އަދި އެހާބޮޑު ސަމާލުކަމެއް ނުދެވި އޮތް ދާއިރާއެއްކަމަށާއި އެހެންކަމުން މި ޖަމިއްޔާގެ ސަބަބުން މި ދާއިރާއަށް ކުރިއެރުންތަކެއް ގެނެސްދެވޭނެ ކަމަށް ޤަބޫލުކުރައްވާކަމަށެވެ. އެގޮތުން މި ޖަމިއްޔާއިން ކުރިޔަށްގެންދާ ދިރާސާތަކުގައި ހިމަނައިގެން ރާއްޖޭގެ ސިވިލް ސަރވިސްގެ ދާއިރާ ކުރިއެރުވުމަށް ދިރާސާތައް ކޮށްދެެއްވުމަށް ކޮމިޝަނުގެ ރައީސްގެ ވާހަކަފުޅުގައި އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ރާއްޖޭގެ ހިއުމަން ރިސޯސް ރިފޯމު އެޖެންޑާއެއް އެކުލަވާލުމަށް މަސައްކަތްކޮށްދެއްވުމަށާއި ހިއުމަން ރިސޯސް ދާއިރާއިން ވީހާވެސް ގިނަ ފަންނީ މަޢުލޫމާތު ލިބޭނެ މަގުތަނަވަސްކުރުމަށް މަސައްކަތްކޮށްދެއްވުމަށް ވެސް ކޮމިޝަނުގެ ރައީސްގެ ވާހަކަފުޅުގައި އެދިވަޑައިގެންނެވިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން ފޯރ އެޗްއާރު ޕްރޮފެޝަނަލްއިފް އިފްޠިތާހްކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި އެ ޖަމިއްޔާގެ އެކިއެކި މަޤާމުތަކަށް މީހުން އިންތިޚާބުކުރުންވެސް މި ރަސްމިއްޔާތުގައި ކުރިޔަށްގެންގޮސްފައި ވެއެވެ.

ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް