25 ފެބްރުއަރީ 2018
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން (ސީއެސްޓީއައި) ބާއްވަމުން އަންނަ ޕަބްލިކް ލެކްޗަރ ސީރީޒްގެ ފުރަތަމަ ލެކްޗަރ މާދަމާ ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މާދަމާ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަނުގެ އޮޑިޓޯރިއަމުގައި ބާއްވާ މި ލެކްޗަރގައި ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުންގެ ތެރޭގައި ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙުމަދު އަންވަރު، މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މަރިޔަމް ޝަހުނީޒާ ނަޞީރު އަދި ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީގެ ޑީން ޑރ. ޝަޒްލާ މުޙައްމަދު ހިމެނިވަޑައިގަންނަވައެވެ. މި ތިންބޭފުޅުންގެ ތަޤްރީރު ބިނާކުރެއްވުމަށް ހަމަޖެހިފައިވަނީ ރިސާޗްކުރުމާބެހޭ އެކި މައުޟޫޢު ތަކަށެވެ. މި ތަޤްރީރުތަކަށްފަހު އޯޑިންއަސްގެ ސުވާލުތަކަށް ޖަވާބުދިނުމަށް ފެނަލް ޑިސްކަޝަނެއް ވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ.
ފަހުގެ ޚަބަރުތައް
"ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2026" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާއެކު ސިވިލް ސަރވިސް ކޮމިޝަނުން ފަހުމުނާމާއެއްގައި ސޮއި ކުރައްވައިފި
08 ޖަނަވަރީ 2026
ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2026
09 ޑިސެމްބަރ 2025
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025
ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025