ލޯކަލް ކައުންސިލްތައް ކުރިއަރުވައި ހިންގުން ހަރުދަނާކުރުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ކުރިމަތިވެފައިވަމުންދާ ބައެއް ގޮންޖެހުންތަކާއި ދަތިތަކާ ގުޅޭގޮތުން އެ އޮތޯރިޓީން މިއަދު ސިވިލް ސަރވިސް ކޮމިޝަނާއެކު މަޝްވަރާކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ހޯމް އެފެއާރޒް ގައި ބޭއްވުނު މި މަޝްވަރާ ބައްދަލުވުމުގައި އެލްޖީއޭގެ ފަރާތުން އިސްކޮށް އިންނެވީ އެ އޮތޯރިޓީގެ ރައީސް އަދި މިނިސްޓަރ އޮފް ހޯމް އެފެއާރޒް އޮނަރަބަލް އަލްފާޟިލް އަޒްލީން އަޙުމަދެވެ. ކޮމިޝަނުގެ ފަރާތުން އިސްކޮށް އިންނެވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.
މި މަޝްވަރާ ބައްދަލުވުމުގައި، ކައުންސިލުތައް ހިންގުމުގައި ދިމާވާ ބައެއް ގޮންޖެހުންތައް ހައްލުކުރުމުގައި، ކައުންސިލު އިދާ ބަލަހައްޓަވައިދެއްވަނީ ސިވިލް ސަރވިސްގެ މުވައްޒަފުން ކަމުގައިވާތީ، ކޮމިޝަނުގެ އެއްބާރުލުމާއި އެހީތެރިކަމަށް އެލްޖީއޭގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. އަދި އެލްޖީއޭއާއި ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން ކަންކަން ހައްލުކުރުމަށް އެންމެ އެދެވޭ ރަނގަޅު ގޮތެއްގައި މަސައްކަތްކުރެވިދާނެ ގޮތްތަކަކީ ކޮބައިތޯ މަޝްވަރާކުރެވުނެވެ.
އެލްޖީއޭގެ ފަރާތުން ހުށަހެޅުއްވި ކަންކަމާ ގުޅިގެން ކޮމިޝަނުން ދެއްވި އިޖާބައިގައި ސިވިލް ސަރވިސްގެ ޤަވާޢިދުގެ ތެރެއިން ގިނަ ކަންކަމަށް ހައްލު ހޯދުމަށް ފުރިހަމަ އެއްބާރުލުން ދޭންނެ ކަމަށާއި، އިތުރަށް ހައްލުކުރުމަށް ބޭނުންވާ ކަންކަން ދިރާސާކޮށް އެލްޖީއޭ އާއިއެކު މަސައްކަތްކުރުމަށް ނިންމާފައިވެއެވެ.
ފަހުގެ ޚަބަރުތައް
"ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2026" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާއެކު ސިވިލް ސަރވިސް ކޮމިޝަނުން ފަހުމުނާމާއެއްގައި ސޮއި ކުރައްވައިފި
08 ޖަނަވަރީ 2026
ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2026
09 ޑިސެމްބަރ 2025
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025
ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025