12 މާޗް 2018
އދ. އަތޮޅު ކައުންސިލާއި އަތޮޅުގެ އެކިރަށްރަށުގެ ކައުންސިލަރުން ކޮމިޝަނާއެކު މަޝްވަރާކުރައްވައިފިއެވެ. މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން އިސް ބޭފުޅެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ. އދ. އަތޮޅުކައުންސިލާއި ރަށު ކައުންސިލުތަކުގެ ރައީސުން މި ބައްދަލުވުމުގައި ވަނީ އެބޭފުޅުންގެ ރަށްރަށުގައި ހިންގުމުގެ ދާއިރާގައި ހުރި ދަތިތައް ކޮމިޝަނާ ހިއްސާކުރައްވައި އެ ދަތިތައް ހައްލުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެ ގޮތުން ބައެއް އިދާރާތަކުގައި ޚިދުމަތް ދިނުމުގައި ތިބި ސިވިލް ސަރވިސް މުވައްޒަފުންގެ މަދުކަމުގެ ސަބަބުން ކުރިމަތިވާ ދަތިތައް ހިއްސާކުރައްވާ އެކަންކަން ހައްލުކުރުމަށް ކޮމިޝަނުން އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތައް ކައުންސިލަރުން އޮޅުއްފިލުއްވިއެވެ.
ކޮމިޝަނުގެ ފަރާތުން މި ކަންކަން ހައްލުކުުރުމަށް އެހީތެރިކަމާ އެއްބާރުލުން ދެއްވިދާނެގޮތްތައް އަދި މި ކަންކަމުގައި ކުރިޔަށްދާންވީ ގޮތްތަކާބެހޭ މަޢުލޫމާތު ކޮމިޝަނުގެ ރައީސް ވަނީ ކައުންސިލަރުންނާ ހިއްސާކުރައްވާފައެވެ. އަދި މި ކަންކަމުގައި ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަޤީންކަން ކޮމިޝަނުގެ ރައީސް ދެއްވިއެވެ. މީގެ އިތުރުން އދ. އަތޮޅުގެ ހުރިހާ ކައުންސިލުތަކެއްގެ ރައީސުންނާއި އެއްތަނަކުން އެއްފަހަރާ މިގޮތަށް ބައްދަލުވި މިއީ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި ކޮމިޝަނާ ބައްދަލުކުރުމަށް އެބޭފުޅުން ނެންގެވި އިސްނެންގެވުމަށްޓަކާ ޝުކުރު އަދާކުރެއްވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026