19 މާޗް 2018
ސިވިލް ސަރވިސް ކޮންފަރެންސަށް ހުށަހަޅާ ދިރާސާގެ މަސައްކަތުގައި ހަރަކާތްތެރިވާނެ އިންވިޖިލޭޓަރުން ތަމްރީނުކުރުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވި މި މަސައްކަތުބައްދަލުވުމުގައި އިންވިޖިލޭޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ ކުދިންނަށް މަޢުލޫމާތުދެއްވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ. ސިވިލް ސަރވިސް ކޮންފަރެންސް 2018 އަށް ތައްޔާރުކުރާ މި ދިރާސާގެ މައުޟޫއު އަކީ،" ސިވިލް ސަރވިސް އާމެދު ޚިދުމަތް ހޯދާ ފަރާތްތަކުން ދެކޭގޮތް އަދި ކުރިއެރުމަށް އެދޭގޮތް ދެނެގަތުން" މިއެވެ. މި ދިރާަސާ ނުވަތަ ސާވޭގައި، 10 އަހަރު ދިވެހި ސިވިލް ސަރވިސް ހިނގަމުން އައިސްފައިވާއިރު، މި ޚިދުމަތުގެ ކަސްޓަމަރުން ނުަވަތަ ޚިދުމަތް ހޯދާ ފަރާތްތަކުން މިޚިދުމަތާމެދު ދެކޭގޮތާއި މި ޚިދުމަތް ކުރިއެރުވުމަށް އެދޭ ގޮތަކީ ކޮބައިކަން ދެނެގަނެވޭނެއެވެ. މި ދިރާސާގެ މަޤްޞަދަކީ ޚިދުމަތް ހޯދާ ފަރާތްތަކުގެ ކިބައިގައި ދިވެހި ސިވިލް ސަރވިސްއާ މެދު ތަސައްވުރު އޮތްގޮތް ދެނެގަނެ ޚިދުމަތް އިތުރަށް ތަރައްގީކުރަން ޖެހިފައިވާ ކަންކަން އޮޅުންފިލުަވައި، އިސްލާހީ ބަދަލުގެންނަންޖެހޭ ކަންކަމަކީ ކޮބައިކަން ދެނެގަތުމެވެ..
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026