27 މާޗް 2018
ސީއެސްޓީއައިގައި ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުގެ ފުރުޞަތު މޯލްޑިވިއަން އައިޑްލްގެ ގަދަ 9ގެ ބައިވެރިންނަށް ފަހިކޮށްދީފިއެވެ. މޯލްޑިވިއަން އައިޑްލްގެ ގަދަ 9ގައި ހިމެނޭ ބައިވެރިންނަށް ޚާއްޞަކޮށް މިއަދު ސީއެސްޓީއައިގައި ކުރިޔަށްގެންދިޔަ އެއްދުވަހުގެ ސޮފްޓު ސްކިލް ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގައި ވަހަކަ ދައްކަވަމުން އައިޑުލްގެ ގަދަ 9ގެ ބައިވެރިނަށް މި ފުރުޞަތު އޮތްކަން ހާމަކުރެއްވީ ސީއެސްޓީއައިގެ ޑިރެކްޓަރ ފާޠިމަތު ހަބީބާއެވެ. ހަބީބާ ވިދާޅުވީ ސީއެސްޓީއައި އިން ހިންގާ ކޯސްތަކުގެ ތެރޭން ކޮންމެވެސް އެއްކޯހެއް، އައިޑްލްގެ ގަދަ 9ގައި ހިމެނޭ ކޮންމެ ބައިވެރިއަކަށްވެސް ފުރިހަމަކުރުމުގެ ފުރުޞަތުލިބިގެންދާނެ ކަމަށެވެ.
އައިޑްލްގެ ގަދަ 9ގެ ބައިވެރިންނަށް އަމާޒުކޮށް، ސޮފްޓް ސްކިލް ދަސްކޮށްދިނުމުގެ އެއްދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ސީއެސްޓީއައި އިން މިއަދު ވަނީ ބާއްވާފައެވެ.
ސީއެސްޓީއައި އަކީ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބޭނުންވާ ހިންގުމުގެ ދާއިރާގެ ގިނަ ކޯސްތަކެއް ފުޅާ ދާއިރާއެއްގައި މިހާރުވެސް ހިންގަމުން އަންނަ އިންސްޓިޓިއުޓެކެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026