އދ. އަތޮޅު އޮމަދޫ ކައުންސިލްގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް މިއަދު ޒިޔާރަތް ކުރައްވައި، ކޮމިޝަން ރައީސް ޑރ.ޢަލީ ޝަމީމް އާއެކު މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާ ބައްދަލުކުރެއްވުމުގައި، އދ. އޮމަދޫ ކައުންސިލް ރަށުގެ އިދާރީ އޮނިގަނޑުތަކުގައިވާ މަޤާމުތަކަށް މުވައްޒަފުން ހަމަނުޖެހިވާތީ ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި މި މަޝްވަރާގައި ކައުންސިލްތަކުގައި ވެރިންގެ ފެންވަރުގެ މުވައްޒަފުން ނެތުމާއި އިސްކޮށް މަސައްކަތް ކުރާ މުވައްޒަފުންގެ ތަޢުލިމީ ފެންވަރު މަތިކުރުމާގުޅޭ ގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި ވާހަކަދެކެވުނެވެ.
ކޮމިޝަނުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރިކުރުވުމަށް ވަރަށްބޮޑަށް އިސްކަން ދެއްވަން ބޭނުންފުޅުވާކަމަށާއި އެހެންކަމުން ކައުންސިލްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ޤާބިލްކަން އިތުރުކޮށް ތަމްރީންދިނުމަކީ މުހިންމުކަމެއް ކަމަށް ފާހަގަކުރައްވައި، މިކަމުގައި ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައި ގަންނަވާނެކަމުގައި ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.
މިއަދުގެ ކޮމިޝަނުގައި ބޭއްވުނު ބައްދަލުވުމުގައި އދ. އޮމަދޫ ކައުންސިލްގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގެންނެވީ ކައުންސިލްގެ ރައީސް އަލްފާޟިލް އަދުނާނު އަބުދުﷲ އެވެ. ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ ކޮމިޝަނުގެ ރައީސްގެ އިތުރުން ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޢަބްދުﷲ ސައީދު އެވެ.
މި ބައްދަލުވުމުގައި އދ. އޮމަދޫއަށް ކޮމިޝަނުގެ ރައީސް ޒިޔާރަތްކުރެއްވުމަށް ކައުންސިލްގެ ރައީސް އަލްފާޟިލް އަދުނާނު އަބްދުﷲ ދައުވަތުދެއްވެވިއެވެ. މި ދައުވަތު ގަބޫލުފުޅުކުރައްވަވައި ފަސޭހަފުޅު ތާރީޚެއްގައި ދާދި އަވަހަށް އޮމަދޫއަށް ޒިޔާރަތް ކުރައްވަވާނެ ކަމުގެ ޔަޤީންކަން ރައީސްދެއްވެވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026