29 ޖަނަވަރީ 2019
މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު ޕާރމަނަންޓް ސެކެޓްރީއިން ހިމެނިވަޑައިގަންނަވާ އެޑްވަޒަރީ ކޮމިޓީ ގެ ބައްދަލުވުމުގައި، ސަރުކާރުގެ ސިޔާސަތުތައް ރޭވި ހިންގޭގޮތާއި އަދި ސްޓްރެޓެޖިކް އެކްޝަން ޕްލޭން އާ ބެހޭގޮތުން މަޢުލޫމާތު ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ހިއްސާކުރައްވަވައިފިއެވެ.
ކޮމިޝަންގެ ރައީސް ޑރ.އަލީ ޝަމީމް ރިޔާސަތުބެލެހެއްޓެވި އެޑްވައިޒަރީ ކޮމިޓީގައި މިއަދު ރައީސްއޮފީހުގެ ފަރާތުން މަޢުލޫމާތު ދެއްވުމުގައި އިސްކޮށްހުންނެވީ ރައީސުލްޖުމްހުރިއްޔާ އޮފީހުގެ މިނިސްޓަރ ޑރ.މުސްތަފާ ލުތްފީ އާއި އެއޮފީހުގެ ސްޓޭޓް މިނިސްޓަރ އާމިނަތު ޝައުނާ އެވެ.
މި ބޭފުޅުން ޕާރމަނަންޓް ސެކްރެޓަރީންނާއި އަދި ކޮމިޝަނުގެ މެންބަރުންނާއި އިދާރާގެ ވަރީންނަށް މަޢުލޫމާތުދެއްވުމުގައި، ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެކުލަވާލެވިފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންއާ ގުޅޭގޮތުންނާއި އަދި މި ޕްލޭން ކާމިޔާބުކުރުމުގައި ޕާރމަނަންޓް ސެކެޓްރީންގެ ފަރާތުން އެއްބާރުލުން ބޭނުންފުޅުވާ ކަންކަމަކީ ކޮބައިކަން އޮޅުންފިލުވައިދެއްވެވިއެވެ. އަދި ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކާއި އިދާރާތައް ބައިވެރިވެ އެއްބައެއްގެގޮތުގައި ގުޅިގެން ވަށާޖެހޭގޮތައް މަސައްކަތްކުރެއްވުމުގެ މައްޗަށް ބާރުއަޅުއްވަވައި ވާހަކަފުޅުދެއްކެވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026