29 ޖަނަވަރީ 2019
މިނިސްޓްރީ އޮފް ޕްލޭނިންގެ އެންޑް އިންފްރާސްޓްރަކްޗާރގެ ޕާރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އަލްފާޟިލާ ޒީނިޔާ އަޙްމަދު ޙަމީދު ކޮމިޝަނުން މިއަދު އައްޔަންކުރައްވައިފިއެވެ. ޕަރމަނަންޓް ސެކްރެޓަރީ އައްޔަނުކުރުމުގެ ރަސްމީއްޔާތު ބޭއްވުނީ އެމިނިސްޓްރީގެ އިއްޒަތްތެރި ވަޒީރު މުހައްމަދު އަސްލަމްގެ ހާޒިރުގައި އެ މިނިސްޓްރީގައެވެ. ޕަރމަނަންޓް ސެކްރެޓަރީ ކޮމިޝަނުގެ ފަރާތުން އައްޔަނުކުރެއްވެވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.
އަލްފާޟިލާ ޒީނިޔާ އަޙްމަދު ޙަމީދު އަކީ 11 އަހަރު ސަރުކާރަށްއެކި ވަޒީފާތަކުގައި ޙިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާ ސްޓްރަކްޗަރގ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ ވަޒީފާ އަދާ ކުރެއްވުމާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނެޝަނަލް ޓެންޑަރ ބޯޑުގެ މެންބަރ ކަންއަދާކުރެއްވުމާއި އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ، ފެކަލްޓީ އޮފް އެންޖިނިއަރިގ ޓެކްނޯލޮޖީ ގެ އެޑްވައިޒަރީ ކޮމިޓިގެ މެމްބަރކަން ވެސް އަދާކުރެއްވުންހިމެނެއެވެ. އަލްފާޟިލާ ޒީނިޔާ އަޙްމަދު ޙަމީދު ވަނީ" ބެޗްލަރ އޮފް އާރކިޓެކްޗަރ "ޑިގްރީއެއް ވެސްޓާން އޮސްޓްރޭލިއާގެ، ޕަރތްގެ ކަރޓިން ޔުނިވަރސިޓީގައި ފުރިހަމަކުރައްވާފައެވެ. އަދި އިތުރު ބެޗްލާރ ޑިގްރީ އެއްކަމުގައިވާ " ބެޗްލަރ އޮފް ސައިންސް އިން އާރކިޓެކްޗަރަލް ސައިންސް" ގެ ދާއިރާއިންވެސް ވަނީ ޑިގްރީއެއް ފުރިހަމަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނުގެ ރައީސް ވަނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއެއްގޮތަށް އަދި މިނިސްޓަރގެ ލަފަޔާއެކު މިނިސްޓްރީގެ މަސައްކަތްތައް ހިންގަވާ ދެއްވުމަށްއެދި އެދިވަޑައިގެންނެވިއެވެ. އަދި އޮފީސް ހިންގެވުމުގައި ސިވިލް ސާރވިސްގެ މުވައްޒަފުންނާއި ގުޅިގެން އެކުއެކީގައި މިނިސްޓްރީ އަށް ސަރުކާރުން ކަނޑައަޅުއްވަވާފައިވާ އިޙްތިސޯސް އާއި ސިޔާސަތު ތަންފީޒުކޮށް ދެއްވުމުގައި ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއިއެކު މަސައްކަތް ކޮށްދެއްވުމަށްވެސް ކޮމިޝަނުގެރައީސް އެދިވަޑައިގެންނެވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026