23 ޖަނަވަރީ 2019
މިނިސްޓްރީ އޮފް އެންވާރަމެންޓްގެ ޕާރމަނަންޓް ސެކެޓްރީއަކަށް އަލްފާޟިލް އަޖުވަދު މުޞްޠަފާ ކޮމިޝަނުން މިއަދު އައްޔަންކުރައްވައިފިއެވެ. ޕަރމަނަންޓް ސެކްރެޓަރީ އައްޔަނުކުރުމުގެ ރަސްމީއްޔާތު ބޭއްވުނީ އެމިނިސްޓްރީގެ އިއްޒަތްތެރި ވަޒީރު ޑރ.ހުސެންރަޝީދުގެ ހާޟިރުގައެވެ. ޕަރމަނަންޓް ސެކްރެޓަރީ ކޮމިޝަނުގެ ފަރާތުން އައްޔަނުކުރެއްވެވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.
އަޖުވަދު މުޞްޠަފާ އަކީ ކުރިންވެސް އެ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުގައި ހުންނެވި ފަރާތެވެ. އެހެން ކަމުން އަޖުވަދު މުޞްޠަފާ ޕާރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އައްޔަނު ކުރެވިފައިވަނީ އިތުރު 5 އަހަރު ދުވަހުގެ ދައުރަކަށެވެ.
މި ބޭފުޅާއަކީ 10 އަހަރު ސަރުކާރަށް ޚިދުމަތް ކުރައްވަވާފައިވާ އަދި ފިޝަރީޒް މިނިސްޓްރީގައި ވެރިންގެ ފެންވަރުގައި 9 އަހަރު މަސައްކަތް ކުރައްވަވާފައިވާ ބޭފުޅެކެވެ. އަޖުވަދު މުޞްތަފާ ވަނީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ސަރޭ އިން ސައިންސް އިން އެނަރޖީ އިކޮނޮމިކްސް އެންޑް ޕޮލިސީ ދާއިރާއިން މާސްޓާރސް ހާސިލް ކުރައްވަވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނުގެ ރައީސް ވަނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއެއްގޮތަށް އަދި މިނިސްޓަރގެ ލަފަޔާއެކު މިނިސްޓްރީގެ މަސައްކަތްތައް ހިންގުވާ ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އޮފީސް ހިންގެވުމުގައި ސިވިލް ސާރވިސްގެ މުވައްޒަފުންނާއި ގުޅިގެން އެކުއެކީގައި މިނިސްޓްރީ އަށް ސަރުކާރުން ކަނޑައަޅުއްވަވާފައިވާ އިޙްތިސާސް ތަންފީޒުކުރުމަށާއި އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ދެއްވުމަށް ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއި މަސައްކަތް ކޮށްދެއްވުމަށްވެސް ކޮމިޝަނުގެރައީސް އެދިވަޑައިގެންފައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026