ސިވިލް ސަރވިސްގެ މުވައްޒަފުންނާ ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންނަށް ޕާކިސްތާނުގެ ބައެއް މަރުކަޒުތަކުގައި ތަމްރީނާއި ތަޖުރިބާ ޙިއްސާކުރެވޭނެ ގޮތްތަކާއިބެހޭ ގޮތުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޕާކިސްތާނުގެ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް ަސީމް އަކްރަމް (ރިޓަޔާޑް) އާ މިއަދު ބައްދަލު ކުރައްވަވައި މަޝްވަރާކުރައްވައިފިއެވެ.
ޕާކިސްތާނުގައި ސިވިލް ސަރވިސްގެ އިސް މުވައްޒަފުން ތަމްރީނުކުރާ މަރުކަޒުކަމުގައިވާ ނޭޝަނަލް ސުކޫލް އޮފް ޕަބްލިކް ޕޮލިސީ އާ ކޮމިޝަނާއި ދެމެދު ސިވިލް ސަރވަންޓުން ތަމްރީނުކުރުމާއި ގުޅޭ ގޮތުން ފަހުމުނާމާއެއްވަނީ 2017 ވަނައަހަރު އެކުލަވާލާފައެވެ. މި ފަހުމުނާމާގެ ދަށުން އެ މަރުކަޒުން ކުރު މުއްދަތުގެ ތަމްރީނުގެ ފުރުސަތުތައް ކޮމިޝަނަށް ފޯރުކޮށްދެއެވެ.
2019 ވަނަ އަހަރުގެ އައުމާ ގުޅިގެން ދިވެހި ސިވިލް ސަރވަންޓުންނަށް ޕާކިސްތރާނުގައި ތަމްރީނުވުމަށާއި އަދި ތަޖުރިބާ ޙިއްސާކުރުމުގެ އިތުރު ފުރުސަތުތައް ހޯދުމާއި ގުޅޭ ގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް ޕާކިސްތާނު އެމްބަސީއިން ވަނީ 2 ސްމާރޓް ބޯޑު ހަދިޔާކުރައްވާފައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026